English Edition
Dhivehi Edition

ރިޔާސީ އިންތިހާބުން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ލިބި ވެރިކަން ލިބިއްޖެ ނަމަ ރާއްޖެ ބައިބައިވެގެން ދާނެ ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ

ށ. ފޯކައިދޫ ރައްޔިތުންނާ ރޭ އެ ރަށުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ކޯލިޝަނަށް ވެރިކަން ލިބިއްޖެނަމަ ދެކޮޅުވެރިކަމުގެ ތެރެއަށް މި ގައުމު ވެއްޓިގެން ހިނގައިދާނެކަމަށާއި ޕާޓީތައް އެއްގަލަކަށްވެސް ނާރާނެކަމަށެވެ

މީގެ އިތުރުން ކޯލިޝަނެއްގެ ވެރިކަމަކުން ރައްޔިތުންނަށް ފައިދާ ނުވާނެކަން ހާމަ ކުރައްވައި ޝަހީމް ވިދާޅުވީ މާޒީއަށް ބަލާލި ނަމަވެސް ކޯލިޝަން ސަރުކާރެއް ދެމި ނޯންނާނެކަން ސާބިތުވާ ކަމަށާއި ސަރުކާރުގެ މަގާމުތައް ބެހުމުގައި އަރާރުން އުފެދި ރާއްޖެ 15 އަހަރު ފަހަތަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށެވެ