ވޯޓްދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ އާއްމު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ އާންމުކުރި ވޯޓާސް ލިސްޓްގައި ވާ ގޮތުން، ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 262،135( ދެލައްކަ ފަސްދޮޅަސް ދެހާސް އެއް ސަތޭކަ ތިރީސް ފަސް ހާސް) މީހުންއެވެ
23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު 2018ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ ، އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން (VR Space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެންވެސް ޗެކްކުރެވޭނެއެވެ.
އިލެކްޝަން ކޮމިޝަނުން މަޢުލޫމާތު ދޭގޮތުގައި، 23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް 472 ވޯޓު ފޮއްޓެއް ބެހައްޓުމަށް ހަމަޖެހިފައިވާއިރު 302 ފޮށި ހުންނާނީ އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށް ރަށުގައެވެ. މާލޭ ސިޓީގައި 122 ފޮއްޓެއް ބަހައްޓާއިރު 35 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ އެވެ. ހަތަރު ވޯޓު ފޮށި ޖަލުތަކުގައި ބަހައްޓާއިރު ސިނާއީ މަސައްކަތް ކުރާ ދެ ރަށަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން ރީޖަނަލް އެއާޕޯޓުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ އެވެ.
ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އިންޑިއާގެ ޓްރެވެންޑްރަމާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަންގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި ސްރީ ލަންކާގެ ކޮލަމްބޯގައި ދެ ފޮށި ބެހެއްޓުމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އަދި އެ ރަޖިސްޓަރީ އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދީފައިވެއެވެ. މީގެ އިތުރުން (VR Space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެންވެސް ޗެކްކުރެވޭނެއެވެ.
262135 މީހުންނަށް މި އަަހަރުގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ރިޔާސީ އިންތިހާބުގައި ޖުމްލަ 472 ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.