2018 އޮގަސްޓް 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލާފައިވާ މައްސަލައިގެ ތުޙުމަތުގައި ހޯދަމުންދިޔަ ލ. ފޮނަދޫ، ހިޔާ، ޙަމްދޫން ހަމްޒަތު (18އ) ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު (18އ) އެވެ.
ފުލުހުން ވިދާޅުވީ، ހަމްދޫން ހަމްޒަތު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ޙާޟިރުވުމުންނެވެ.
މިމައްސަލައާ ގުޅިގެން ޙަމްދޫން ހަމްޒަތު ހޯދުމަށް އިޢުލާނުކޮށްފައިވަނީ އިއްޔެއެވެ. އަދި މިމައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.