English Edition
Dhivehi Edition

އިސްލާމީ މަރުކަޒު ދޮށަށް އެއްވެ އެމްޑީޕީ އިން އަނިޔާވެރިންގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާކުރިކަމަށާއި މިހާރު ހުރިހާ އަނިޔާވެރިން ވީ ޖަލުގައި ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ

އދ. މަހިބަދޫ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނިހާން ވިދާޅުވީ ﷲ ދުޢާ އިޖާބަކުރައްވާނެކަން އެނގޭކަމަށާއި މިހާރު ހުރިހާ އަނިޔާވެރިންވީ ޖަލުގައި ކަމަށެވެ. އެހެންކަމުން އަނިޔާވެރިކަން މި މާނަކުރައްވަނީ ކޮން ގޮތަކަށްތޯ ނިހާންވަނީ ސުވާލުކުރައްވާފައެވެ

މި ސަރުކާރަށް ވަރަށް ބޮޑަށް ތާއިދުކޮށް ވާހަކަދައްކަމުން ނިހާން ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ސަރުކާރަށް ވާރުތަކުރި ދަރަނި ދައްކަވަމުން، އެސެޓު ވެސް އުފައްދަވަމުންކަމަށެވެ. އަދި ހަތަރު އަހަރާއި ނުވަ މަސް ތެރޭ ޕީއެސްއައިޕީގެ ދަށުން 88.8 ބިލިއަން ރުފިޔާ ހަރަދުކުރި އިރު، ޖުމްލަ 120 ބިލިއަން ރުފިޔާ ރައްޔިތުންނަށް ގެނެސްދެވިފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.