English Edition
Dhivehi Edition

ކޮންމެ މަޔަކުވެސް ބަފަޔަކުވެސް އެމީހުންގެ ދަރިން ބަލާބޮޑުކުރަނީ ގުނާނުލެވޭހާ ބުރަމަސައްކަތުންނެވެ. ދަރިންނަށް އުނގަންނައިދީ، ކާންދީ ރަނގަޅު ސިއްހަތެއްގައި ބެހެއްޓުން އަދި އެދަރިފުޅަށް ބޭނުންވަ ޒަރޫރީ ބޭނުންތައް ފުއްދައި ދެނީ އެތައް ގުރުބާނީ އަކަށްފަހުއެވެ.

ކޮންމެ ކުއްޖަކުވެސް ހެދިބޮޑުވެގެން އަންނައިރު ދުޅަހެޔޮ ކުއްޖަކަށް ހެދުމަށް މައިންބަފައިން ވަރަށް ބުރަކޮށް މަސައްކަތް ކުރެއެވެ. އެހެން ކަމުން ރަނގަޅު ކާނާ ދިނުމުގެ އިތުރުން ކުޅިވަރުގެ ދާއިރާ ދަރިންނަށް ތައާރަފް ކޮށްދެއެވެ. ނަމަވެސް މިއިން ކޮންމެ ކަމެއް ކުރާއިރު އެދަރިފުޅުގެ އުމުރާ ގުޅޭކަމަކާ ދަރިފުޅު މަޝްއޫލު ކުރުވުން ވަރަށް މުހިންމެވެ.

ދާދިފަހުން ބޮސްޓޮން ޔުނިވާސިޓީގައި ކުރެވުނު ދިގު ދިރާސާއެއްގައި ބުނެފައިވަނީ އުމުރުން 12 އަހަރުން ދަށުގެ ކުދިން ފުޓްބޯޅަ ކުޅުމަކީ އެހާ ރަނަގޅު ކަމެއްނޫން ކަމަށެވެ. އެގޮތުން އެދިރާސާއިން ދައްކާ ގޮތުގައި ފުޓްބޯޅަކުޅޭ 12 އަހަރުން ދަށުގެ ކުދިންގެ އުޅުމުގައި މައްސަލަ ދިމާވެއެވެ. އަދި ‘ކޮގްނިޓިވް އިޝޫސް” (އުނގެނުންމުގެ، ހަނދާން،މައްސަލަ ހައްލުކުރުން އަދި ޑިޕްރެޝަން) ފަދަ މައްސަލަތަކާ ދިމާވެއެވެ.

މިދިރާސާގައި ބުނެފައިވަނީ އުމުރުން 12 އަހަރުނުވަނީސް ފުޓްބޯޅަ ކުޅުނު 214 ކުޅުންތެރިން ގެ ޑިޕްރޭޝަން މައްސަލަތައް ހުރިކަަމަށެވެ. އަދި މީގެތެރޭގައި ގިނަ މީހުންގެ އަޚްލާގް ވަނީ މުޅިންބަދަލު ވެފައި ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާގައި ބުނެފައި ވަނީ ފުޓްބޯޅަކުޅެން ފަށަން އެންމެ ރަނަގު އުމުރަކީ ޓީނޭޖް ދުވަސްވަރުކަމަށެވެ.