English Edition
Dhivehi Edition
ޝްވޭތާ އަދި ދަރިފުޅު ޕަލަކް

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައެއް ސްޓާޕްލަސް އިން ދައްކަން އުޅޭއިރު ޕްރޭނާގެ ރޯލު ކުޅުމަށް ޕަލަކަށް ފުރުސަތު ލިބުނުކަމަށް ޝްވޭތާ ބުނެފިއެވެ.

ޕަލަކް އަކީ، ދިވެހިންގެ މެދުގައި މަޝްހޫރުވި އެޝޯގެ ފުރަތަމަ ބައިން ޕްރޭނާގެ ރޯލުންފެނިގެން ދިޔަ ޝްވެތާ ގެ ދޮށީދަރިއެވެ. ޝްވޭތާބުނެފައި ވާގޮތުގައި ޕަލަކަށް ވަރަށްގިނަ ޑްރަމާތަކުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު ނަމަވެސް މިވަގުތު އޭނަ އެ ފުރުސަތުތައް ވަނީ ދޫކޮށްލާފައެވެ. ޝްވެތާބުނެފައި ވާގޮތުގައި ޕަލަކް އެކްޓްކުރުުމަށް ޝައުގުވެރިކަން ހުރިކަމުގައި ވިޔަސް މިވަގުތު ބުނަމުންދަނީ އަދި އެހާބުރަކޮށް މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލް ނުކުރެވޭކަމަށެވެ.

އުމުރުން 18 އަހަރުގެ ޕަލަކް ޗައުދްރީއަކީ ޝްވެތާ އާއި ކުރީގެ ފިރިމީހާ ރާޖް ޗައުދްރީގެ ފުރުތަމަ ދަރިފުޅެއެވެ. ޕަލަކް ބުނެފައިވާގޮތުގައި އޭނާމިވަގުތު އިސްކަންދެނީ ކިޔެވުމަށެވެ. މިހާރަކަށް އައިސް އެކްޓުކުރުމުގެ ދާއިރާއިން ފުރުސަތުތައް ލިބުނުކަމުގައި ވިޔަސް އޭނަގްރޭޑް 12 އިގެ ކިޔެވުން ދޫކޮށްލުމަށްފަހު އަދި އެކްޓްކުރުމުގެ ދާއިރާއަށް ނުނިކުމެވޭނެކަމަށް ޕަލަކްވަނީ ބުނެފައެވެ.

ޝްވެތާ އޭނާގެ ދަރިފުޅު ރަނގަޅަށް ކިޔެވުމަށްފަހު ބޮލީވުޑަށް ނެރެން ބޭނުންވާއިރު ބޮލީވުޑްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން ބައެއް އެހެން ތަރިން ވަނީ ކިޔެވުމާއި ވަޒީފާތައް ދޫކޮށްލުމަށްފަހު ވެސް އެކްޓް ކުރުމުގެ ދާއިރާއަށް ނިކުުމެފައެވެ.