Kasautii Zindagii Kay dhookollan ulhey kamah Hina bunefi - AO News Kasautii Zindagii Kay dhookollan ulhey kamah Hina bunefi

ކޮވިޑް 19ކަވަރޭޖް

6,573,568CONFIRMED
3,170,532RECOVERED
3,014,995ACTIVE
388,041DEATHS
1850CONFIRMED
644RECOVERED
1199ACTIVE
7DEATHS
ކ.ވ ހީނާޚާން އަދި އަލިޝާ ޕަންވާރް
ކަސޯޓީ ޒިންދަގީކޭ ދޫކޮށްލަން އުޅޭކަމަށް ހީނާ ބުނެފި

ސްޓާޕްލަސް އިން ދައްކަމުންދާ “ކަސޯޓީ ޒިންދަގީކޭ” ގެ ރީބޫޓް ގައި ކޮމޯލިކާގެ ރޯލް ކުޅެމުންދާ ހީނާ ޚާން އެރޯލް ދޫކޮށްލަން އުޅޭކަމަށް އޭނާބުނެފިއެވެ.

Advt

Advertisement

ހީނާ “ބީޓީ” އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އެރޯލް ދޫކޮށްލަން އުޅޭކަމަށާއި، އެރޯލް ދޫކޮށްލަން އުޅޭނީ މިވަގުތު ބޮލީވުޑްގެ ފިލްމެއްގައި އޭނާ މަސައްކަތް ކުރަމުންއަންނާތީ ކަމަށެވެ. ހީނާ ހާން ކުޅެމުންދާ ރޯލްގެ އެންމެ ފަހު އެޕިސޯޑް ފެނިގެން ދާނީ މާރޗް މަހުގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ކަސޯޓީގެ ރީބޫޓްގައި ކޮމޮލިކާގެ ރޯލުން ހީނާޚާން ބެލުންތެރިންގެ ބޮޑުތަރުހީބެއް ހޯދައިފައި ވާއިރު ދެން އެރޯލުން ފެނިގެންދާ ތަރިއަކަށް ހީނާގެ އެކްޓް ދެއްކިދާނެ ކަމާއި މެދު ވަނީ ބެލުންތެރިން ސުވާލު އުފައްދާފައެވެ. ބައެއް ހަބަރުތައް ބުނާގޮތުގައި ދެން އެރޯލުން ފެނިގެންދާނީ “އިޝްގެމޭ މަރުޖާވާ” އިން ފެނިގެން ދިޔަ އަލީޝާ ޕަންވާރް އެވެ. އެހެން ކަމުން އޭނާ އެ ޝޯވް އަށް ގެނައުމަށް ވާހަކަ ދައްކަމުން ދާކަމަށް ވެސް ބައެއް މީޑީއާ ރިޕޯޓް ތަކުގައިި ބުނެފައި ވެއެވެ.

އަލީޝާ “އިޝްގެމޭ މަރުޖާވާ” ގައި ކުޅެމުން އަންނަ އަރޯހީގެ ރޯލުން މިހާރު ފެނިގެންދަނީ ޓީވީ އެކްޓްރެސް ނިއާ ޝަރްމާއެވެ. އެ ޝޯވް އަށް ގެނައި މިބަދަލާ އެކު ގިނަބަޔަކު މިހާރު ބުނަމުން ދަނީ ކޮމޮލިކާގެ ރޯލުން އަލީޝާ ފެނިގެން ދިޔުމަކީ ވަރަށް ބޮޑަށް ޔަގީންވާ ކަމެއްކަމަށެވެ.

ސްޓާޕަލްސް އިން “ކަސައުޓީ ޒިންދަގީކޭ” ދައްކަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ޝޯގައި ޕްރޭނާގެ ރޯލުން ފެނިގެންދަނީ އެރިކާ ފެނާންޑޭޒްއެވެ. އަދި އަނޫރާގްގެ ރޯލުން ފެނިގެންދަނީ ޕާރތް ސަމްތާން އެވެ.