ސްްޓާޕްލަސް އިން ސެޕްޓެމްބަރ މަހު ދައްކަން ފަށާ ޑްރާމާކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ އެންމެ މަޝްހޫރު އެއް ރޯލު ކަމަށްވާ އަނުރާގުގެ ރޯލުން ފެނިގެންދާނީ ޕާރްތު ސަމްތާން ކަމަށް ހަބަރުތައް ބުނެފިއެވެ.
އެކްތާކަޕޫރްގެ މަގަބޫލް ޑްރާމާ ކަސޯޓީ ޒިންދަގީހޭގެ އާބައެއް އުފައްދަން އުޅޭހަބަރާއެކު އެންމެންވެސް ކެތްމަދުވެފައި ތިބީ ޑްރާމާގެ ކާސްޓް ނޭނގިގެންނެވެ. ޑްރާމާގެ ޓްރެއިލާ ދައްކަން ފެށުމާއި އެކު އަނޫރާގް ގެ ރޯލުްނނާއި ޕެރޭނާގެ ރޯލުން ފެނިގެންދަނީ ކޮން ބައެއްކަން ހޯދަން ބެލުންތެރިން ވަރަށް މަސައްކަތްކުރިއެވެ.
އެގޮތުން ޑްރާމާގައި ކުރީގެ ތަރިން ފެންނާނެތޯ ނުވަތަ ނޫންތޯ ގިނަބަޔަކު ސުވާލު އެފެއްދި އެވެ. ނަމަވެސް ސުވާލަށް ޖަވާބު ލިބިގެންދިޔައީ އެފިލްމަށް މުޅިން އާތަރިއަކު ނަގާ އެކަން އެކްތާ އިއުލާން ކުރި ހިސާބުންނެވެ. އެގޮތުން ކަސޯޓީ ޒިންދަގީ ކޭގައި ޕްރެނާގެ ރޯލަށް އެރިކާ ފެނާންޑެޒް ނަގާ އެކަން އިއުލާނުކުރިއިރު ކޮމަލިކާގެ ރޯލަށް ނަގާފައިވަނީ ހީނާ ހާންކަމަށް ހަބަރުތައް ބުނެއެވެ.
އެޑްރާމާގައި އަނުރާގްގެ ރޯލުން ފެންނާނީ ބަރުން ސޯބްތީ ކަމަށް އަޑުފެތުރުނުއިރު ޝާހިރު ޝެއިހް އެރޯލަށް ނެގިކަމަށް ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް މިހާރު ހަބަރުތައް ބުނާގޮތުގައި އެރޯލަށް ނަގާފައިވަނީ ޕާރްތުއެވެ. އަދި ބަޖާޖްގެ ރޯލުން ފެނިގެންދާނީ ބަރުންކަމަށް ހަބަރުތައް ބުނެއެވެ.
ޕާރްތް އަކީ އުމުރުން 27 އަހަރުގެ މޮޑެލްއެކެވެ. ނަމަވެސް ޓީވީ އެކްޓަރަކަށް ބަދަލުވެ ޕާރްތް ވަނީ މީގެ ކުރިން ކެެއިސީ ޔޭ ޔާރެއިން ކިޔާ ޑްރާމާ އަކުން ފެނި ފައެވެ. އަދި ކްލޯޒް އަޕް އާއި ކޮކާ ކޯލާ އިޝްތިހާރު ތަކުން ޕާރްތް ފެނިފައި ވެއެވެ.