English Edition
Dhivehi Edition

ށ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ސިއްރުފެންފުށި ރިސޯޓްގެ މޫދު އަޑީގައި ބުދުތަކެއް ބަހައްޓައިގެން ހަދާފައިވާ “މޫދު އަޑީގެ ގެލަރީ” ގައި ހިމެނޭ ބުދުތައް ފުލުހުން ފޮނުވައިގެން ކޯޓް އަމުރަކާއެކު ނަގަން ސަރުކާރުން ނިންމައިފި އެވެ

މިދިއަ ޖުލައި މަހު ކުރީކޮޅު އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތަކެއް ބެހެއްޓި މައްސަލައިގައި ރައީސުލްޖުމްހޫރިއްުޔާ އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އެންގެވުމަށް ޖުލައި 28 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ބުދުތައް ނަގަން ސިއްރު ފެންފުއްޓަަށް އަންގައި ސިޓީއެއް ފޮނުވައިފައެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އެ ބުދުތައް ނަގާފައިނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ގެލަރީ ހެދި ކުންފުނިން ވަނީ އިންސާނުންގެ ސޫރަ ގެއްލޭ ގޮތަށް ބުދުތަކަށް ބަދަލުތަކެއް ގެންނަން ފަށާފަ އެވެ

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑުގެ އުފުލުން ދައްކުވައިދޭ ގޮތަށް އެ ރިސޯޓުން ހެދި ކަނޑުއަޑީގެ ގެލަރީގައި އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތައް ބެހެއްޓި މައްސަލައިގައި ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ