English Edition
Dhivehi Edition

ށ. ސިއްރުފެންފުށި ރިސޯޓްގައި އިންސާނުން ސިފަވާގޮތަށް ބުދުތައް ބަހައްޓައިގެން މޫދު އަޑީގައި ހެދި ގެލަރީގައި ހުރި ބުދުތައް ނެގުމަށް ޓޫރިޒަމް މިނިސްޓްރީ އިން އެ ރިސޯޓަށް އެންގުމާ ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސްގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މިއަދުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރުފެންފުށީގައި ބުދުތަކެއް ބެހެއްޓި ކަމުގެ މައުލޫމާތު ސަރުކާރަށް ލިބިފައިވާކަމަށާއި އެ މައްސަލަ ބަލައި އެތަކެތި ނެގުމަށް އެ ރިސޯޓަށް އެންގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ރައީސް އަންގަވާފައިވާ ކަމަށެވެ. އަދި އެތަކެތި ނެގުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވެސް އެ ރިސޯޓަށް މިހާރު އަންގާފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

މީގެ އިިތުރުން މުއާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މާދަމާގެ ނިޔަލަށް އެތަކެތި އެއްކޮށް ނެގުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައި ކަމަށެވެ

“ކޮރަލޭރިއަމް“ގެ ނަން ދީފައިވާ މިތަނަކީ އިންސާނުންގެ ސޫރަ ގޮތަށް ހަދައިވާ ސްކަލްޕަޗަރތަކެއް ބަހައްޓާފައިވާ ތަނެކެވެ. މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކައިދޭ މި ތަނަކީ ކަނޑުއަޑީގެ އާޓް މިއުޒިއަމެކެވެ. އިނގިރޭސިވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސްގެ ހިޔާލަށް ހަދާފައިވާ މިތަނުގައި 14 ސްކަލްޕްޗަރ އެބަހުއްޓެވެ.