English Edition
Dhivehi Edition
ފަރަށް އެރި ސަފާރީ-- ފޮޓޯ: އެމްއެންޑީއެފް

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި “ހަމަތި” ނަމަކަށް ކިޔާ ސަފާރީއެއް ވ.ރަކީދޫ ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީ އެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް އެމްއާރުސީސީއަށް ލިބުނީ ރޭ ފަތިހު 5:30 ހާއިރު ކަމަށެވެ. ސަފާރީ ފަރަށް އެރި ހަބަރު ލިބިމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް “ވެލާނާ” ލޯންޗު ވަނީ ޑައިވަރުންގެ ޓީމަކާ އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށް އެމް އެންޑީއެފުން މައުލޫމާތު ދެއްވައެވެ.

އެމް އެންޑީ އެފް އިން ވިދާޅުވި ގޮތުގައި މ.އަތޮޅުން ފުރައިގެން ކ.ގުރައިދުއަށް ދަތުރުކުރި މި ސަފާރީ ފަރަށް އެރިއިރު ސަފާރީގައި 10 ފަތުރުވެރިންނާއި ޓުއަރގައިޑެއްގެ އިތުރުން ފަސް ފަޅުވެރިން ދަތުރުކުރިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ސަފާރީ ފުންކުރުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.