English Edition
Dhivehi Edition
ސިނަމާލެ ބްރިޖް: ފޮޓޯ ފޭސްބުކް

ސިނަމާލެ ބްރިޖު އާންމު ޓްރެފިކަށް ހުޅުވާލާނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގް މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މާދަމާރޭ ރަސްމީކޮށް ހުޅުވާ ބްރިޖްމަތިން ދަތުރުފަތުރު ކުރުމަށް އާއްމުންނަށް ހުޅުވާލާނީ ސެޕްޓެންބަރު މަހު 7 ގައި ކަމަށެވެ. ނަމަވެސް މާދަމާ ރޭ ރަމްޒީ ގޮތެއްގައި ބްރިޖް ހުރަސް ކުރުމަށް ގިނަ ބަޔަކަށް ފުރުސަތު ދެވިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބްރިޖު ހުޅުވާލާ ދުވަހުގެ ކުރިން މާލޭގެ މަގުތަކުގައި ތާރު އެޅުމާއި، ހުޅުލެއާއި ހުޅުމާލެއާ ދެމެދު ގުޅާލާ މަގުތައްވެސް ނިމޭނެ ކަމަށެވެ.

ސެޕްޓެންބަރ 1 ކުން 5 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖް މަތީގައި އިވެންޓްތައް އޮންނާނެ ކަމަށާއި 31 ވަނަ ދުވަހު ބްރިޖް މަތީ ކުރާ ކައިވެނި ތައް އޮންނާނެ ކަމަށް ވެސް މިނިސްޓަ ވިދާޅުވިއެވެ.