އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށްގެން އަންހެން ކަނބަލުންނަށް އަމާޒުކޮށް ހިންގާ ދަބަސްފަހަން ދަސްކޮށްދޭ ކޯސް އިއްޔެ ފަށައިފިއެވެ
އަންހެން ކަނބަލުން ބާރުވެރިކޮށް މަސައްކަތްތެރިކަމުގެ ހުނަރުތައް އުނގަންނައި ދިނުމުގެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގާ މިކޯހަކީ އައްޑޫސިޓީގެ ހުރިހާ އަވަށްތަކަށް ހުޅުވާލެވިގެން ބައިވެރިވި ފަރާތްތަކަށް ހިންގާ ކޯހެކެވެ. މިކޯހުގައި ބައިވެރިންނަށް އުނގަންނައި ދެއްވަނީ ފެހުމުގެ ދާއިރާއިން 24 އަހަރުގެ ތަޖުރިބާ ލިބިފައިވާ އުމުނިއްޔާ ނާސިރު އެވެ.
އައްޑޫގެ ހިތަދޫ ، ފޭދޫ އަދި މަރަދޫ ފޭދޫގައި ކުރިއަށް ގެންދާ މި ކޯހަކީ 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން މައުލޫމާތު ދެއްވައެވެ.
ދަބަސް ކޯހުގެ އިތުރުން އެޑްވާންސްޑް ޕޭސްޓްރީ ކޯހެއްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށްއެ ކޮމެޓީން ބުނެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި އަންހެނުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި ތަފާތު މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ވިސްނުން އެބަހުރި ކަމަށާއި ކުރިއަށް ހުރި ދުވަސް ތަކުގައި ކޮމިޓީގެ ފަރާތުން މިފަދަ ޕްރޮގްރާމްތައް ފެނިގެންދާނެ ކަމަށެވެ.