English Edition
Dhivehi Edition

ވޯޓްލާ މޫސުމާ ގުޅިގެން މާރާމާރީ ފަދަ ވިޔާނުދާ އަމަލުތަކެއް ފެނިގެންދާކަމާށާއި މިއީ ވަކި ބަޔަކު ކުރާ ކަމެއްކަމަށް ވިދާޅުވާން ބޭނުންފުޅު ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރ. އިންނަމާދޫގައި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް، މިއަދު ހެނދުނު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދުވަސް ވަރު މާރާމާރީ ފަދަ ވިޔާނުދާ އަމަލުތަށް ހިގަމުން ދަނީ ވޯޓާ ގުޅިގެންކަމަށެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުންގެ ވިސްނުމުގެ ފަހަތުގައި ވަނީ އެމީހުންގެ އަމިއްލަ އެދުން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ، އިދިކޮޅުން ފަރާތްތަކުން އުޅެނީ ހިޔަންޏަށް މުޑި ނެގުމަށްކަމަށެވެ. ހަމައެހެންމެ، އެފަރާތްތަކުން އިންތިޤާލީ ގޮތުން ކުރާ ކޮންމެ ކަމެއްގެ މަންފާވެރިއަކަށްވާނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުކަމަށްވެސް، ރައީސް ޔާމީން މިއަދު ވިދާޅުވެފައިވެއެވެ.