މިމަހުގެ 30 ވާ ބުރާސްފަތި ދުވަހު ހުޅުމާލެ އާއި މާލެ ގުޅާލައި ހެދި ސިނަމާލެ ބްރިޖު ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒުވާނުންތަކެއް ޕީޕީއެމްއާ ގުޅުމަށް ޕީޕީއެމްގެ ކެމްޕެއިން އޮފީސް ހިންގާ ކުރީގެ ވެސްޓް ޕާކުގައި އޮތް ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ” މިމަހުގެ 30 ވަނަ ދުވަހު އަޅުގަނޑާއެކު ތި ކުދިން ފަށާ ދަތުރަކީ މާލޭގެ ކޮންމެވެސް ތަނަކުނ ހުޅުމާލެއަށް ލޮނު ކޮޅެއްގައި ނުޖެހި ކުރާ ދަތުރެއް ނޫންތޯ،” ބްރިޖު ހުޅުވާނެ ތާރީހަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.
މީގެ ކުރީގައި ހުޅުމާލެ އާއި މާލެއާ ދެމެދު ކުރާ ދަތުރަކީ އުދަނގޫ ދަތުރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނާއެކު އެ ދަތުރު ކުރައްވަންޔާ އެއަށްވުރެ ފަސޭހައިން ކުރެވެން އެބަ އޮތް ކަމަށެވެ. އެހެންކަމުން އެމަނިކުފާނާއެކު ދަތުރު ނުކުރަންވީ ކީއްވެގެންތޯ ސުވާލު އުފެއްދިއެވެ
.