English Edition
Dhivehi Edition
ފައިލް ފޮޓޯ

ފިންގަ ޕްރިންޓް ދިމާނުވާ 1892 ފޯމެއް ރީރަޖިސްޓަ ކުރުމަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ 1892 ފޯމް ހުށައަޅާފައި ވަނީ ސައްހަ ނޫން ފިންގަ ޕްރިންޓާއި އެކުގައި ކަމަށެވެ.

ޝަރީފް ދިވާޅުވީ، ” އެ ފޯމްތަށް ހުށައެޅި ފަރާތްތަކާއި ދެކޮޅަށް އަޅުގަނޑުމެން ދައުވާކުރާނަން. މިއީ އިންތިހާބުގެ ޕްރޮސެސް ލަސްކުރުމަށް ހުށައެޅި ފޯމްތަކެއް”. އަދި މި ފޯމްތަކުގައިފިންގާ ޕްރިންޓްޖަހާފައި ވަނީ ވެރިފަރާތްތަކުން ނޫންކަން ވެރިފިކޭޝަނުން ސާބިތުވާ ކަމަށެެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މި ފޯމްތައް ހުށަހެޅުއްވި ފަރާތްތަކާއި ހެކިވެރިންގެ ގޮތުގައި ތިބި ފަރާތްތަކާ މެދު އިލެކްޝަނުން ދައުވާ ކުރަނެކަމަށެވެ. “ފޯމްތަކުގައި ފިންގާޕްރިންޓް ޖެހިފަރަތް ތަކާއި ހެކިވެރިން ވެރިފައި ކޮށްފައި ފުލުހަށް ހުށަހަޅާނަން” ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ފިންގަރ ޕްރިންގް ސާފް ނުވާތީ 102 ފޯމް އަދި ސައްހަކަން ކަށަވަރު ނުވާ 72 ފޯމް އަދި ފިންގަ ޕްރިންޓް ޔަގީން ނުވާ 3590 ފޯމް ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.