English Edition
Dhivehi Edition

އައްޑޫގެ ފިރިހެނުންނަށް މިއޮތީ ރަނުގެ ފުރުސަތެކެވެ. ގިނަ ފިރިހެންކުދިން ވަރަށް ޅަ އުމުރުގައި ލޯބިވެރިންހޯދައެވެ. އަދި ވަރަށް ޅަ އުމުރުގައި ކައިވެނިވެސް ކުރެއެވެ. ޅައުމުރުގައި ދަރިންހޯދާ މީހުންވެސް މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި މަދެއްނޫނެވެ. އެންމެންވެސް ބޭނުންވަނީ ދުނިޔޭގައި އުޅެވޭ ވަގުތުކޮޅުގައި އުފަލާ އަރާމުގައި އުޅޭށެވެ.

ނަމަވެސް މިދެއްކުނީ އެންމެންގެ ވާހަކައެއް ނޫނެވެ. ކޮންމެ ތަނެއްގައިވެސް ތަފާތު ހިޔާލުތައް ތިބޭ ބައެއްވެސް ތިބޭނެވެ. އެކި ކަހަލަ ދިރިއުޅުންތަކަށް ލޯބިކުރާ މީހުންވެސް އުޅޭނެއެވެ. ރަނގަޅު ބައިވެރިއަކު ނުލިބިގެން ލޯބީގެ އެއްވެސް ހަރުފަތަކަށް ނޭރިވެސް އެއްބަޔަކު އުޅޭނެއެވެ.

މީސްމީޑިއާގެ ދިވެހި ޕޭޖެއް ކަމަށްވާ ކައިވެނި ޕޭޖްގައި މިކަހަލަ ފުރުސަތު ހުޅުވިފައި ހުރެއެވެ. އިންނާނެ އަންހެނުންނާ އިންނާނެ ފިރިހެނުން ބޭނުންވެގެން ޖަހާފައި އަބަދުވެސް ހުރެއެވެ. މިއި އާ ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް ކުރާ ކަމެކެވެ. އެންމެންވެސް ކުރާކަމެކެވެ. މިކަހަލަ ޕޭޖުތަކުން އެކި އުމުރުގެ މީހުން ލިބެއެވެ.

ދާދި ފަހުން ކައިވެނި ޕޭޖުގައި ޖަހާފައި މިވަނީ އިންނާނެ ފިރިހެނަކު ބޭނުންވެގެން އުޅޭ ވާހަކައެވެ. ރޫފަ ރަނގަޅު ފިރިހެނަކަށް މި އީ ރަނުގެ ފުރުސަތެކެވެ. ފިރިއަކު ބޭނުންވެގެން މިއުޅެނީ މާލޭގެ އަންހެނަކަށެވެ. އުމުރަކީ 28 އަހަރެވެ. ދަރިއަކު ނުހުރެއެވެ. މާލޭގެ ގެދޮރު ހުރެއެވެ. ގޭގެ ކުލީގެ ގޮތުގަ މަހަކު -/88,000 ރ ލިބެއެވެ.ވަޒީފާވެސް އަދާކުރާ މީހެކެވެބޭނުންވަނީ 38-18 އަހަރާ ދެމެދުގެ މީހެއް ކަމަށް ޕޯސްޓުގައި ވެއެވެ. ލ.ގަމާއި އައްޑޫ،ފުވައްމުލައް އަދި ކުޅުދުއްފުށީގެ މީހުންނަށް މިފުރުސަތު ވަނީ ހުޅުވިފައެވެ.

ފިރިހެންމީހާގެ ޝަރުތުތަކަށް މީގައި ފާހަގަ ކޮށްފައި ވަނީ ހަރުދަނާ އޯގާތެރި ކިޔަމަންތެރި މީހަކަށް ވުމެވެ. އަދި ހަށިގަނޑު ފިޓްކޮށް ހުންނަ ރޫފަ ރަނގަޅު މީހަކަށްވުން މުހިއްމެވެ. މި ޝަރުތުތައް ވާނަމަ ޕޭޖްއަށް މެސެޖު ކުރުމަށްވެސް ވަނީ އެދިފައެވެ.ޕޯސްޓުގެ ކޯޑަކީ P1640 އެވެ.