English Edition
Dhivehi Edition

ލ.އަތޮޅާއި 8 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު “ވިލުރޯދި” ދޯނީގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު ހެނދުނު 10:45 ހާއިރު ލ.ގަމު ރީޖަނަލް ހޮސްޕޮޓަލަށް ގެންގޮސްދީފައި ވަނީ އުމުރުން 38 އަހަރުގެ ދިވެއްސެއް ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މަސްވެރިކަމަށް ނުކުމެ އެންދަމަން އުޅުމުގެ ތެރޭގައި ފިޓު ޖެހިގެން ކަމަށް ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި ހާލު ބޮޑުވި މީހާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ، އިތުރު ފަރުވާ ދޭން ފަށާފައެވެ.