English Edition
Dhivehi Edition

ވިރާތް ކޯލީ އާއި އަނުޝްކާ ޝަރްމާ އިނގިރޭސިވިލާތުން ދިމާވި އެކުވެރިޔަކީ ކާކުކަން އިނގޭ ހެއްޔެވެ?

ވިރާތް ކޯލީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ފޮޓޯގައި ތިބީ އޭނާގެ އަންހެނުން އިންޑިޔާގެ މައްޝޫރު ތަރި އަނުޝްކާ ޝަރްމާއާއި ކުއްތާއެކެވެ.ހުކުރު ދުވަހު ސޯޝަލްމީޑިއާގައި މި ފޮޓޯ ހިއްސާކުރަމުން ވިރާތް ލިޔެފައިވަނީ މިއީ ވަރަށް ރީތި ފިރިހެން ކުއްތާއެއް ކަމަށާއި މީތި ވަރަށް މަޑުމަޑުން ފޮޓޯއަކަށް ހުއްޓިލައިގެން އެބަ އިންކަމަށެވެ.

ފޮޓޯއިން ފެނިގެންދަނީ ވިރާތް ކޯލީ އާއި އަނުޝްކާ ޝަރްމާ ބިންމަތީގައި އެއް ކަކޫ ޖައްސައިގެން ކުއްތާ އޮޅުކުރާ ތަނެވެ.ފޮޓޯ ނަގާފައިވަނީ ފިހާރައެއްގެ ތެރޭގައިކަން އެނގެއެވެ.

. މީގެ މަސްތަކެއް ކުރީންވެސް މިދެތަރީންގެ މިކަހަލަ ފޮޓޯއެއްވަނީ ފެނިގެންގޮސްފައެވެ.އެ ފޮޓޯގައި އޭރު އޮތީ ކުޑަ ޕަޕީއެކެވެ.އަނުޝްކާ އަކީ ޖަނަވާރުން ވަރަށް އޮޅުކުރާ ހިތްވާ ތަރިއެއްކަން އޭނާގެ ފޭނުންނަށް އިނގޭނެއެވެ.އަނުޝްކާ ވަނީ އޭނާގެ 30 ވަނަ އުފަންދުވަހު ކުރިޔަށް އޮތް އަހަރުގައި ކުރާނެ ބޮޑެތި ކަންތައްތައް ހިއްސާކޮށްފައެވެ.އެގޮތުން މުމްބާއީގެ ބޭރުގައި ޖަނަވާރުންނަށް ދިރިއުޅެވޭ ކަހަލަ ތަނެއް ހަދަން އަނުޝްކާ ވަނީ އޭރު ނިންމާފައެވެ.އަނުޝްކާ ބުނީ އޭރުން އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންނަށްވެސް ބޯހިޔާވަހިކަންލިބި އެހެން އެއްޗިއްސާ އެއްވަރަށް ހައްގުތައް ލިބި ލޯބި ލިބޭނެކަމަށެވެ.