ރިޔާސީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަންޖެހޭ ކަމަށް ވިދާޅުވެ އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ދެއްކި ވާހަކަތަކަކީ ޒިންމާދާރުކަމެއް ނެތް ވާހަކައެއް ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ
ފައިސަލް ކުރެއްވި ޓުވިޓްގައި ވިދާޅުވީ ސިބްރަމާނީއަން ދެއްކި ވާހަކަތަކާއި ފާޅުގައި ދެކޮޅު ހައްދަވާ ކަމަށާއި އިންޑިއާ އަބަދުވެސް ދެމި އޮންނާނީ ރާއްޖޭގެ އެންމެ އެކުވެރި ގައުމުގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން ފައިސަލް ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާއި އޮތް ގުޅުމަށް ލޮޅުމެއް އަންނާނެކަމެއް އިންޑިއާ އިން ނުކުރާނެ ކަމަށެވެ
އިންޑިއާގެ ކުރީގެ ޔުނިއަން މިނިސްޓަރު އަދި ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ސިބްރަމާނީ ކުރެއްވި ޓުވިޓާއި ގުޅިގެން ގިނަ ބަޔަކުވަނީ ނުރުހުން ފާޅުކޮށް ވާހަކަދައްކާފައެވެ
.