English Edition
Dhivehi Edition

މާގަނޑުމަސް(ނީމޯ) އާލާ ކުރުމުގެ ޙަރަކާތެއް ސްކޫލްތަކުގައި ފަށައިގެން ކުރިޔަށް އެބަދެއެވެ.

ފައިންޑިން “ނީމޯ” މިއީ ވަރަށް ގިނަ ބައެއްގެ ތަރުހީބެއް ލިބިގެންދިޔަ ކާޓޫނެކެވެ.2003 ވަނަ އަހަރު ނެރުނު މި ކާޓޫނަކީ މޫދުގެ މުރަކަތަކުގެ ތެރޭގައި ދިރިއުޅޭ ކުޑަ މަހެއްގެ މަށްޗަށް ބިނާކޮށް ނެރުނު ކާޓޫނެކެވެ. ކާޓޫނުން ފެނިގެންދަނީ ނީމޯއެއް ނުވަތަ މާގަނޑުމަހެއް ގެއްލިގެން އެ މަސް ހޯދަން އޭތީގެ ބައްޕަ އުޅޭތަނެވެ. މަގަނޑުމަސް ހުންނަނީ އޮރެންޖު ކުލައިގައެވެ. އަދި ހުދު ކުލައިގެ ތިކިތަކެއް އޭތީގައި ހުރެއެވެ.

ނީމޯ މޫދުން ނުނަގާ ސަލާމަށް ކުރުމަށް އުފެއްދި މި ކާޓޫނު ބަދަލުވެގެންދިޔައީ ހީކުރިގޮތާވެސް ތަފާތަށެވެ. މި ކާޓޫނަށްފަހު މީހުން ނީމޯ ގޭގެ ޓޭންކް ތަކުގައިވެސް ގެންގުޅޭން ފެށީއެވެ. އޮސްޓްރޭލިޔާގެ ފައިންޑާސް ޔުނިވާސިޓީގެ މެރިން ބަޔޮލިޖެސްޓެއް ކަމަށްވާ ކަރެން ބާކޭ ޑަ ސިލްވާ މިވަނީ ނީމޯ މަސް ސަލާމަތް ކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށާފައެވެ.

އެގޮތުން އޮސްޓްރޭލިޔާގެ ސްކޫލްތަކުގެ ކުދީންނަށް މޫދުގެ ދިރުންތަކުގެ ވާހަކަތައް ކިއަދީ ނީމޯ އާ ބޭހޭގޮތުން ގިނަ ވާހަކަތައް ކިޔައިދިނެވެ. އަދި ސްކޫލް ދަރިވަރުން ލައްވާ ނީމޯ އާލާ ކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.ސޭވިން ނީމޯ ގެ ކޯ ފައުންޑާ ޑަ ސިލްވާ އާއި ސްކޫލް ތަކުގެ ދަރިވަރިންނާއި މި ހިންގި ޕްރޮގްރާމް ވަރަށް ކާމިޔާބެވެ. މި ހަރަކާތިގައި ބައިވެރިވި ދަރިވަރަކު ބުނެފައިވަނީ “ނީމޯތައް އާލާކުރުމަށްފަހު ނީމޯތައް ބޭނުންވާ މީހުންނަށް ދޭންވަނީ ނިންމާފައި، އޭރުން މޫދުން ނީމޯ ނެގުން ހުއްޓޭނެ”އެވެ.

މި ދަރިވަރުންތައް މޫދަށް އެއްވެސްގޮތަކަށް މި މަސް އާލާ ކުރަން ދާކަށް ނުޖެހެއެވެ.ސްކޫލްތަކުގައި ތިބެގެން މިކަން ކުރެވޭނެގޮތް ވަނީ ފަސޭހަކުރެވިފައެވެ. މިގޮތުން ދަރިވަރުން ކުރަންޖެހެނީ ޓޭންތައް ސާފުކުރުމާއި މަސްތަކަށް ކާންދިނުމެވެ. މި ދަރިވަރުން މިކަންކުރުމުގައި އުޅޭއިރު ވަރަށް ގިނަ ކަންކަން ދަސްވެއެވެ. އެއް ކުއްޖަކު ބުނީ ކުޑަ ނީމޯޔަށް އޮކްސިޖަންދޭން އޭތީގެ ބައްޕަ އަބަދުވެސް އުޅޭތަން ފެނެއެވެ. އަދި އެއީ ވަރަށް ޝައުގުވެރިކަމާއެކީ ބެލޭ މަންޒަރެއް ކަމަށް އެ ދަރިވަރު ވަނީ ބުނެފައެވެ.