English Edition
Dhivehi Edition

ސްޓާޕްލަސް އިންދައްކަމުން ދާ މަޝްހޫރު އެއް ޑްރަމާ ކަމަށްވާ “ޔޭހޭ މުހައްބަތޭން” ގެ އެކްޓްރެސް ނީރު އަގަރްވަލް މަރުވެއްޖެއެވެ.

ޑްރާމާގައި ބައްލާ އާއިލާގެ މެއިޑް އަކަށް ފެނިގެންދާ ‘ނީލޫ” ކުއްލި ގޮތަކަށް މަރުވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

ނީރު ކުއްލިގޮތަކަށް މަރުވެފައިވާ ކަން ޔޭހޭމޮހައްބަތޭންގެ ކާސްޓަށް އެންގީ އޭނަގެ އަންހެންދަރިފުޅެވެ. ނީރުގެ ދަރިފުޅު ބުނެފައިވާގޮތުގައި އޭނަގެ މަންމަ ވަރަށްގަދައަށް ހުންއަންނަތާ ދުވަސްކޮޅެއްވެފައިވަނިކޮށް މިއަދު ފާހާނާއަށް ވަދެފައި ހުއްޓާ ކުއްލިއަކަށް މަންމަ ވެއްޓުނީ ކަމަށެވެ. އެވަގުތު ގޭގެ އެންމެނަށް އެންގިކަމަށާއި މަންމަ ހޮސްޕިޓަލަށްގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ދަރިފުޅު ބުނެފައިވެއެވެ.

ނީރު ކުއްލިއަކަށް މަރުވުމާއި ގުޅިގެން ޔޭހޭ މޮހައްބަތޭންގެ ހުރިހާ ތަރިންދަނީ ހިތާމަގައި ބައިވެރިވަމުންނެވެ. މުޅި ޔޭހޭމުހައްބަތޭންގެ ކާސްޓަށް ލިބުނީ ބޮޑު ޝޮކެއްކަމަށާއި ނީރު އާއެއްކޮށް ގިނަވަގުތު ދެން ހޭދަނުކުރެވޭނެތީ އެކަމާ އެންމެންވެސް ދަނީ ހިތާމަކުރަމުންކަމަށް ބުނެފައިވެއެވެ. އެގޮތުން ދިވިޔަންކާ( އިޝިތާ) ވަނީ އިންސްޓަގްރާމްގައި ނީލޫ ގެ ހަނދާންތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެކަމަށާއި އަބަދުވެސް “ނީލު” ގެ އަޑު އޭނަގެ ކަންފަތުގައި ހަރުލާފައި ހުންނާނެ ކަމަށްބުނެފައެވެ. އިޝިތާގެ އިތުރުން އަލީގޮނީ “ރޯމީ ބައްލާ” ވެސްވަނީ ނީލު މިއަދު މަރުވެފައިވާ ކަން އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ހިއްސާކޮށްފައެވެ.

ޔޭހެ މުހައްބަތޭން ބަލަމުންދާ އެންމެންގެ ލޯބި ލިބިފައިވާ “ނީލޫ” ނީރު އަގަރްވަރ މިއަދު ކުއްލިގޮތަކަށް މަރުވެފައި ވާއިރު އޭނަގެ ތިން ދަރިންނާއި ފިރިޔަކު މިދުނިޔޭގައި އެބަތިއްބެވެ.