English Edition
Dhivehi Edition

އައްޑޫސިޓީ މީދޫގައި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ތާއިދުކުރާ ފަރާތްތަކުން “ފައްޓާޖަގަހަ” ނަމުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިވިއެވެ.

މީދޫގައި ބޭއްވި ރަސްމިއްޔާތުގައި ފައްޓާ ޖަގަހަ ހުޅުއްވައި ދެއްވީ ސައުތްޕާމް މޯލްޑިވްސް ގެ ސީއީއޯ މޫސާދީދީ އާއި ޕީޕީއެމް އަށާއި މިސަރުކާރަށް ތާއިދުކުރާ އިސްރައްވެހިންނެވެ.

ޖަގަހަ ހުޅުވުމަށްބޭއްވި ހަފްލާގައި އިސްރައްވެހިންނާއި ޕީޕީއެމްގެ މެމްބަރުންވަނީ މި ސަރުކާރުން ރާއްޖެއަށް ގެނެސްދެއްވާ ތަރައްގީތައް ފާހަގަކޮށް ވަނީ ވާހަކަދައްކާފައެވެ. އަދި މި ޖަލްސާގައި ވާހަކަދެއްކެވި މެމްބަރުންވަނީ ރައީސް ޔާމީނަށް އިތުރު ދައުރެއް ދިނުމަށް ގޮވާލާފައެވެ. މި ހަފްލާގައި ޕީޕީއެމްގެ ކެމްޕެއިން ޓީމާއި އަލަށް ގުޅިވަޑައިގެންނެވި ހަދީޖާ ދޮންދީދީ އަށް މަރުހަބާކިޔުމާއެކު އަލަށް ކެމްޕެއިނާ ގުޅުނު މެމްބަރުންނަށް މަރުހަބާ ވަނީ ކިޔާފައެވެ.

އައްޑޫސިޓީ މީދޫގައި ހުޅުވިގެން ދިޔަ “ފައްޓާޖަގަހަ” އަކީ މީދޫގައި ހުޅުވިގެން ދިޔަ ޕީޕީއެމްގެ ދެވަނަ ޖަގަހައެވެ. ކުރިން މީދޫ އެއްލަކިން ޖަގަހަ ހުރިތަނުން އެހެން ތަނަކަށް ބަދަލުކޮށް ހުޅުވާފައިވަނީ މި މަހުގެ ކުރީ ކޮޅުގައެވެ.