English Edition
Dhivehi Edition
ދަރުމަވަންތަ ހޮސްޕިޓަލް ނުވަތަ އައިޖީއެމްއެޗުގެ ދެކުނުން އޮތް ބިމުގައި އިމާރާތް ކޮށްފައިވާ އާ ހޮސްޕިޓަލުގެ މަސައްކަތް އެއްކޮށް ނުނިމެނީސް އެ އިމާރާތް ހުޅުވަން ތައްޔާރުވެއްޖެއެވެ.
25 ބުރީގެ އިމާރާތުގައި ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ނުނިމެނީސް އިމާރާތް ހުޅުވަނީ އިންތިޚާބާއި ގުޅުވައިގެން ކަމަށާއި ފުރަތަމަ ހުޅުވުމަށް ހަމަޖެހިފައިވަނީ އިމާރާތުގެ ހަ ފަންގިފިލާކަމުގައި ނޫސްތަކުން މައުލޫމާތު ލިބެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ހަ ފަނގިފިލާއެއް މިވަގުތު ހުޅުވި ނަމަވެސް ބާކީ 19 ފަންގިފިލާ ހުޅުވުމަށް ހަމަޖެހިފައިވަނީ މަސައްކަތް އެއްކޮށް ނިމުމުން ފަހުގެ ތާރީހެއްގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ އަގު ބޮޑު އިމާރާތެވެ.

މި ހޮސްޕިޓަލުގެ މަޝްރޫއަކީ ސަރުކާރުން ބޮޑު ހޭދައެއް ކުރުމުގެ ސަބަބުންނާއި އެހެން ގިނަ ސަބަބުތަކާހެދި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުކޮށްފައިވާ މަޝްރޫއެކެވެ.

ނަމަވެސް ރައީސް ވަނީ މިފަދަ މަޝްރޫއުތަކުގައި ކޮރަޕްޝަން ހުރި ކަމަށް ބުނާނަމަ އެކަން ސާބިތު ކުރުމަށް އޭސީސީ އަށް ދިއުމަށް އިދިކޮޅަށް ގޮވާލައްވައިފަ އެވެ..