English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން 56 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަ ކުރިގޮތުގައި މި މީހާ ނިޔާވެފައިވަނީ މިއަދުގެ މެންދުރު ފަހު 14:20 ހާއިރުއެވެ. މި މީހާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެގެ 18:00 އާއި ހަމައަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 1,338 ސާމްޕަލް ނަގާފައިވެއެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 28 ދިވެހިންނާއި 7 ބިދޭސީއެކެވެ.