English Edition
Dhivehi Edition

ސެޕްޓެމްބަރ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓު ނަންބަރު އެކެއް، ރައީސް އަބްދުﷲ ޔާމީނަށް އަދި ކެންޑިޑޭޓު ނަންބަރު ދޭއް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ލިބިވަޑައިގެންފި އެވެ

މިއަދު ގުރުއަތު ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރިއަލް މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ ފަރާތުން ގުރު ނެންގެވީ ރައީސް ޔާމީންގެ ކެމްޕެއިން އެޖެންޓް، ޕީޕީއެމްގެ ނައިބު ލީޑަރު ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ގުޅިފައިވާ ކޯލިޝަންގެ ފަރާތުން ގުރުނެންގެވީ އިބޫގެ ކެމްޕެއިން އެޖެންޓް، ގާނޫނީ ވަކީލް ހިސާން ހުސެއިނެވެ

މިއަހަރުގެ އިންތިޚާބުގައި 491 ވޯޓު ފޮށި ބަހައްޓާއިރު 263،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ

ގައި އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ދެ ކެންޑިޑޭޓުންނާ އެކު ރިޔާސީ އިންތިޚާބު ބާއްވާ ފުރަތަމަ ފަހަރުކަމުން ފަހަރުގެ ރިޔާސީ އިންތިޚާބުގައި ދެ ވަނަ ބުރެއް ނޯންނާނެއެވެ. މި އަހަރު ފުރަތަމަ ބުރުން ރައީސަކު ހޮވާއިރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅަކަށެވެ