English Edition
Dhivehi Edition

ކުރިއަށް އޮތް އަޟްހާ ޢީދު ބަންދާ ދިމާކޮށް، އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކާއި ކެފޭ، ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްދީފި އެވެ

ރޭ އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ ޓްވިޓަ އެކައުންޓުން ކުރި ޓްވީޓެއްގައި މި ރެއިން ފެށިގެން މި މަހުގެ ނިޔަލަށް ސައިހޮޓާ ރެސްޓޯރެންޓު ރޭގަނޑު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށާއި އިމްޕޯޓު މުދާ ވިއްކާ ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް ބުނެފައިވެއެވެ

މި ބަދަލު ގެނައީ، އަޟްހާ ޢީދާ ދިމާކޮށް، ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަމުންދާއިރު، ލުޔެއް ދިނުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޚާއްސަ މުނާސަބަތާއި ގުޅިގެން އަބަދުވެސް ފިހާރަތަކާއި ރެސްޓޯރެންޓްތައްެ ހުޅުވާފައި ބަހައްޓާ ވަގުތު މިނިސްޓްރީން އިތުރު ކުރައްވާއެވެ. މިއީ ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

 

.