English Edition
Dhivehi Edition

ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރުގެ ވައްކަމާއި ޚިޔާނަތާއި ކޮރަޕްޝަނުގެ ސަބަބުން 23 ސެޕްޓެމްބަރުގައި މިސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުން ތިބީ ތައްޔާރަށްކަމަށާއި ދެން ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓޫގެ ރަނިންމޭޓު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ .

އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި، ގުޅިފައިވާ ޕާޓީތަކުން އެއަތޮޅު މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ .ދިވެހިރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވި މެމްބަރުންގެ ތެރެއިން 12 މެމްބަރެއްގެ ވާޖިބު އަދާކުރިޔަނުދީ ޤާނޫނުތަކާއި ޤާނޫނުއަސާސީ އާއިވެސް ސަރުކާރުން ޚިލާފުވެފައި ވާކަމަށެވެ. އެހެންކަމުން މިސަރުކާރު ބަދަލުކުރުން ނޫންގޮތެއް ނެތްކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިން ހިޔާރުކުރަން މާގިނަ ޗޮއިސްތަކެއް ނެތް ކަމަށާއި އޮތީ އެންމެ ޗޮއިސްއެއް ކަމުގައެވެ.

“އެހެންވީމާ ދިވެހި ރައްޔިތުންނަށް މިއަދު އޮތީ އެންމެ ޗޮއިސްއެއް. މާގިނަ ގޮތްތަކެއް ނެތް. ހަމައެކަނި އޮތް ގޮތަކީ، ސެޕްޓެމްބަރު 23 ވަނަ ދުވަހު، ބޮޑު ބަދަލަކުން ބަދަލުގެނެސް މިހާރު މިއޮތް ސަރުކާރު ބަލިކޮށް، މިސަރުކާރު އެނބުރި ރީތިކަމާއިއެކު ގެއަށްދާށޭ ބުނުން.” ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންފުޅުވަނީ، ނޮވެމްބަރު 17 ވަނަ ދުވަހަކީ މުޅި ދިވެހިރާއްޖެއަށް ހަޤީޤީ މިނިވަން ދުވަހެއްގެ ގޮތުގައި އެދުވަސް ގެނައުމަށް ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގައުމުގެތެރޭގައި ހަމަނުޖެހުން ބޮޑުވެ އިންސާފު ގެއްލިފައިވާ ކަމަށާއި އެކަމަކީ ރައްޔިތުން ސުވާލު ކުރާކަމެއް ކަމަށެވެ. އަދި ކޯލިޝަންގެ އަމާޒަކީ ރައްޔިތުންގެ މެދުގައި އިންސާފު ޤާއިމްކޮށްދިނުން ކަމަށެވެ. އަދި އަދުލުވެރިކަމާއެކު މަސައްލަތައް ނިމިގެން ދިޔުމަކީ، ހަތަރު ލީޑަރުންނާއި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުން އެންމެ ބޮޑަށް ބާރު އަޅާނޭ ކަންތައް ކަމަށެވެ.