English Edition
Dhivehi Edition
ފޮޓޯ: ޕޮލިސްލައިފް

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެންސ. ހިތަދޫ މީހަކުހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުން ދަނީ ސ.ހިތަދޫ، ހާލަމް، އަމްޖަދު އަޙްމަދު (37އ) އެވެ.

ވީމާ އަމްޖަދު އަޙްމަދު އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ