އަހަރެމެން އިންސާނުންގެ ދުލަކީ ހަމަ އެކަނި ވާހަކަ ދެއްކުމަށާއި ރަހަބެލުމަށް ހާއްސަވެގެންވާ ގުނަވަނެއް ނޫނެވެ. ދުލަށް އަންނަ ބަދަލު ތަކުންނާއި ދުލުގައި ހުންނަ ކުދި ކުދި ޓޭސްޓްބަޑް ތަކުން އަހަރެމެންގެ ސިއްހަތު ވަރަށް ރަނގަޅަށް ބުނެދެއެވެ.
އާންމުކޮށް ދުލުގެ ކުލަ އަށް އަންނަ ބަދަލުތަކަކީ މީހާގެ ސިއްޙީ ޙާލަތު އަންގައިދޭ ނިޝާނެއް ކަމަށް ސިިއްޙީ މާހިރުން ވަނީ ބުނެފައެވެ. އެހެންކަމުން ދުލުގައި މާގަދައަށް ރަތްލުލަ ހުރުމުން އަންގައިދެނީ ހަޖަމް ކުރުމުގެ ނިޒާމުގައި މައްސަލަ އެއްހުރުން ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ. އަދި ކަޅުތިކި ތަކެއްހެން ހުންނަނަމަ އަންގައިދެނީ ހަށިގަނޑުގެ ޓިށޫ ތަކަށް ރަނގަޅަށް ލެއިން އޮކްސިޖަން ފޮނުވައި ނުދޭކަމެވެ.
މިހެން ދިމާވެފައި ހުންނަނަމަ ގޭގައި އަމިއްލަ އަށް ފަރުވާދެވިދާނެއެވެ. ތިރީގައި މިގެނެސްދެނީ ދުލަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް ގޭގައި ދެވިދާނެ ޤުދުރަތީ ފަރުވާއެވެ.
ނީމްފަތް:
ނީމްފަތަކީ ބެކްޓިލިއަލް އިންފެކްޝަންތާކައި ލަކުނު އަދި ކަޅު ތިކި ފިލުވުމުގައި އެހީވެދޭ ފަތެކެވެ. އެހެންކަމުން ނީމް ފަތް ފެންފޮދެއްގެ ތެރޭގައި ރަނގަޅަށް ފެހި ކުލަ އަރަންދެން ކައްކަލާށެވެ. އަދި އެފެނުން ކޮންމެ ދުވަހަކު ދެފަހަރު ރަނގަޅަށް އަނގަ ދޮންނާށެވެ. މަޑުމަޑުން ކަޅުތިކިތައް ދުލުން ފިލައިގެން ދާނެއެވެ.
އަލަނާސި:
އަލަނާސީގައި ހުންނަ ބްރޮމެލައިން ކިޔާ މާއްދާ އަކުން ދުލުގައި މަރުވެފައި ވާހަންތައް ރަނގަޅުވެ ކަޅު ލަތްތައް ފިލައި ދިޔުމުގައި އެހީވެދެއެވެ. ކޮންމެ ދުވަހަކު އަލަނާސި ހަފައިގެން ކެއުމުން ދުލުގައިި ހުންނަ ލަތްތައް ފިލައިގެން ދާނެއެވެ.
ފޮނިތޮށި އަދި ކަރަންފޫ:
2 ފޮނޮތޮށި ކޮޅާއި ހަތަރު ކަރަންފޫ އެއްޖޯޑު ފެނުގައި ކައްކާށެވެ. ދެން ހިހޫ ވުމުން ކޮންމެ ދުވަހަކު ދެފަހަރު އެފެނުން އަނގަ ދޮންނާށެވެ. މިހެން ހެދުމުން ވަރަށް އަވަހަށް ނަތީޖާފެނިގެންދާނެއެވެ.