English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީނަކީ ލާދީނީ ފިކުރުތަކަށް ރާއްޖޭގައި ޖާގަ ދެއްވާނެ ބޭފުޅެއް ނޫންކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ

ފުވައްމުލަކަށް ކުރައްވާ ދަތުރުގެ ތެރެއިން ދޫޑިގަން އަވަށުގެ ޕީޕީއެމްގެ ސަޕޯޓަރުންތަކަކާ ބައްދަލު ކުރައްވައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ރައީސް ޔާމީން އިންތިޚާބު ނުކޮށްފި ނަމަ މި ގައުމު ވެއްޓިގެން ދާނީ ވަރަށް ވެސް ބޮޑު އަނދަވަޅަކަށް ކަމަށެވެ

މީގެ އިތުރުން ޝަހީމް ވިދާޅުވީ އަންނަ މަހުގެ 23 ގައި ބާއްވާ އިންތިހާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ބާއްވާ އެންމެ މުހިއްމު އިންތިހާބުކަމަށާއި މި އިންތިހާބަކީ ރާއްޖޭގައި ކުރިމަގުގައި އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ނުދިނުމަށް ރައްޔިތުން ނިންމާނެ ނިންމުމެއް ކަމަށެވެ.