English Edition
Dhivehi Edition

އިސްލާމިކް އެންސައިކްލޮޕީޑިއާ އޮން ޓޮލަރެންސް ޕްރޮޖެކްޓުގެ ވެރިއަކަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފި އެވެ.

މިއީ އިސްލާމް ދީނާ ގުޅޭ ކަންކަމުގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ ބައިނަލްއަގްވާމީ ބޮޑު މަޝްރޫއެކެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ސަވްތު އަލް ހިކްމަ އިންސްޓިޓިއުޓާ ގުޅިގެން ފަށާ މި މަޝްރޫއަކީ ކެތްތެރިކަމާއި ސުލްހަވެރިކަމާ ގުޅޭގޮތުން އިސްލާމް ދީނުގެ އަސްލު މީހުންނަށް އަންގައިދިނުމެވެ. އެކި ރޮނގުތަކުން ހާއްސަވެފައިވާ ދީނީ އިލްމުވެރިންނާއި ރިސާޗު ޓީމުތަކުގެ ބެލުމުގެ ދަށުން ފަށާ މި މަޝްރޫއުގެ އެންމެ އިސްވެރިއަކަށް ޝަހީމް ހަމަޖައްސަވައި، އެކަމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ޑިޖިޓަލްކޮށާއި ފޮތެއްގެ ގޮތުގައި ނެރޭ މި އެންސައިކްލޮޕީޑިއާގައި ސުލްހަވެރިކަމާއި އޯގާތެރިކަމާ ގުޅޭގޮތުން ކީރިތި ގުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ހަދީސްފުޅުތައް ހިމެނެ އެވެ.