English Edition
Dhivehi Edition

ދިވެހި ދައުލަތުގެ ޤަދަރާއި އިއްޒަތް ލިބިގެންވާ މަގާމު ތަކުގައި ތިއްބެވި ފަރާތްތަކަށް ވަގަށް ގޮވުމުގެ ނުބައި ފަލްސަފާ ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޕީޕީއެމްގެ ޕާލާމެންޓްރީ ގުރޫޕްގެ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ

ރ. ރަސްމާދޫގައި ޕީޕީއެމްގެ މަލްމަލް ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ކުރީގެ ކަތީބުން ވަރަށް ދަތި ހާލުގައި ރަށްތައް ކުރިއަރުވަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެމްޑީޕީއިން ޒުވާން ކުދިން ލައްވާ ކަތީބުންނަށް ވަގަށް ގޮވުމުގެ ނުބައި ސިފަ ހަރުލެއްވީ ކަމަށެވެ.މީގެ އިތުރުން ނިހާން ވިދާޅުވީ 2004 ވަަނަ އަހަރުން ފެށިގެން ޤައުމުގެ އިސްރަށްވެހިންގެ އަބުރު ކަތިލުމުގެ ރޯގާއެއް އެމްޑީޕިއިން ފެތުރި ކަމަށެވެ

މީގެ އިތުރުން ނިހާން ވިދާޅުވީ ދައުލަތުގެ އިސް މަޤާމުތައް އަދާކުރައްވާ ފަރާތްތަކަށް ފާޑުވިދާޅުވެ އެމްޑީޕީން އެ ފަރާތްތަކުގެ އަގު ވައްޓާލަން މަސައްކަތްކުރިއިރުވެސް ރައީސް ޔާމީން މަސައްކަތް ކުރެއްވީ އިސްރަށްވެހިންނަށް ޝަރަފުވެރިކަމާއިއެކު ދިރިއުޅެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށްކަމަށެވެ.