ގިނައަދަދެއްގެ ޑޮލަރުތަކެއް ލަންކާއަށް އެތެރެކުރަން އުޅެނިކޮށް ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ނޫހެއްގައި ބުނެފައިވާގޮތުގައި އެމީހާ ހައްޔަރުކޮސްފައިވަނީ އެގައުމުގެ އެއާޕޯޓްކަމަށްވާ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން ފަތިހުއެވެ. 49 އަހަރުގެ އޭނާ ދަތުރުކުރީ ޕާކިސްތާނުން ލަންކާއަށް ކަމަށްވެސް ލަންކާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
ލަންކާގެ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ އަތުން ވަނީ ލަންކާގެ 13 މިލިއަން ރުޕީސް އާއި ގާތްކުރާ ޢަދަދަކަށް ޑޮލަރު އަތުލައިގެންފައެވެ