English Edition
Dhivehi Edition

އަހަރެމެން އިންސާނުން ސާފްުތާހިރު ކަންމަތީ ތިބުމަށްޓަކައި ވަރަށްގިނަ ކަންތައްތައް ކޮށް އުޅެއެވެ. އޭގެ ތެރެއިން އާންމުގޮތެއްގައި ސާފު ތާހިރުވުމަށްޓަކައި އެންމެ ފުރަތަމަ އިސްކަން ދެވެނީ ފެންވެރުމަށެވެ. ފެންވެރުމުން މުޅިމީހާ ތާހިރުވެ ގައިން ދުވާ ނުބައިވަސް ފިލާ ދިޔުމުގެ އިތުރުން މީހާތާޒާކޮށްލައެވެ.

ނަމަވެސް ފެންވަރާތާހިރު ވާއިރު އަޅުގަނޑުމެންގެ ތެރެއިން %90 މީހުން ހަނދާންނައްތާލާ ބައެއް ކަންތައްތައް އެބަހުއްޓެވެ. ފެންވެރުމަށްފަހު ތާހިރުވީކަމަށް ހީކޮށްގެން ހުއްޓަސް ގިނަމީހުންނަށް ފެންވެރެނީ އެންމެ ރަނގަޅަކަށް ނޫނެވެ. ފެންވަރާއިރު ހަށިގަނޑުގެ ބައެއް ގުނަވަންތައް ރަނގަޅަށް ތާހިރު ނުވެ ހުންނަކަން ގިނަ މީހުންނަކަށް ނޭނގެއެވެ. އެހެން ކަމުންނަތީޖާއަކަށް ވަނީ އަޅާނުލެވި ހުރިތަންތަނުގައި އިންފެކްޝަންހެދުމާއި، ނުބައިވަސްދުވުން، އަދި އުނދަގޫތަކެއް ހުރުމެ ވެ.

އާންމުގޮތެއްގައި ފެންވަރާއިރު ހަށިގަނޑުން ދޮވެސާފުކުރަން އަހަރެމެން ފަރުވާކުޑަކޮށްލެވޭ 5 ބަޔަކީ:

ނިޔަފަތި:

ނިޔަފަތީގެ ތެރެއަށް އެއްޗެއްވަދެ ހަރުލައިފަ ހުރުމުން ނިޔަފަތި ބަލާބެލުމަށްވެސް ވަރަށް ހަޑިވާނެއެވެ. އަދި އެހެންމެ ކިތަންމެ ރީއްޗަށްފެންވަރައި ރީތިވެގެން ހުރި މީހެއްގެ ނިޔަފަތި އެގޮތަށް ހުރެއްޖެނަމަ އެމީހާގައިގައި ތާހިރުކަމެއްނެއްކަމަށް ދައްކާނެއެވެ. ވުމާއެކު އަބަދުވެސް ނިޔަފަތިކަނޑާ ނިޔަފަތި ތާހިރުކޮށް ބެހެއްޓުމަށް އާދަކުރަން ޖެހެއެވެ.

ކަންފަތް:

ކަންފަތުގެ އެތެރެ ގަވައިދުން ސާފު ކުރާފަދައިން ކަންފަތުގެ ފަހަތްވެސް ސާފުކުރަންވާނެއެވެ. ދާހިއްލާއިރު ދާއުފެދޭ ސަރަހައްދަކަށް ކަންފަތުގެ ފަހަތް ވުމުން އަބަދުވެސް ފެންވަރާއިރު ސައިބޯނި ލައިގެން މުޅިކަންފަތް ސާފުކުރަންވާނެއެވެ.

ފައިތިލަ:

މީހަކު ފެންވަރާލައިގެން ރީތިވެގެން މަގުމަތިން ދާއިރު އެމީހާގެ ފައިތިލަ ރީތިކޮށް ހުރުމަކީ އެމީހެއްގެ ރީތިކަން އިތުރުކޮށްދޭ އެއްކަމެވެ. އެހެންކަމުން ފައިތިލަ ރީތިކޮށްބެހެއްޓުމަށް ލޯޝަނެއްބޭނުންކޮށް ނިޔަފަތި ރީއްޗަށްކަނޑާފައި ބަހައްޓަން އާދަކުރަންވާނެއެވެ. ހާއްސަކޮށް ފައިތިލައިގެ ދަށްފުށަށް ވަރަށްބޮޑަށް ސަމާލު ވާންޖެހެއެވެ. ގިނަފަހަރު ފައިތިލައިގެ މަތި ރީތިކޮށްބެހައްޓާފައި ދަށްފުށަށް އަޅާނުލެވި ހުރުމުގެ ސަބަބުން ހަންގަޑުބޯވެ ފަޅައިގެން ދާގޮތްވެއެވެ. އެހެންކަމުން ފައިތިލައިގެ ދަށްފުށުގެ ބޯވެފައި ހުންނަ ހަންގަޑު ރަނގަޅަށް ސާފުކުރަންވާނެއެވެ.

ބުރަކަށި:

 

އަހަރެމެން ފެންވަރާއިރު ގައި އުނގުޅަމުން ދާއިރު ބުރަކައްޓަކީ އަމިއްލައަށް އުނގުޅަން އުނދަގޫ އެއް ސަރަހައްދެވެ. އެހެންކަމުން ބުރަކަށި އުނގުޅަން ހަދާފައި ހުންނަ”ބެކްސްކްރަބާ” އެއްބޭނުން ކޮށްލުމުން ބުރަކަށީގައި ހުންނަ މިލަ އަދި ދާ ފިލުވަން ފަސޭހަވާނެއެވެ. ބައެއްފަހަރު އަޅުގަނޑުމެން އަމިއްލައަށް ބުރަކަށި ސާފު ނުކުރެވި ހުރުމުން ބުރަކަށީގައި ބިހިތައްނަގާ ބައެއްފަހަރު ހަންގަނޑުގެ އެކިއެކި މައްސަލަތަކާ ދިމާވެއެވެ.

ފޫޅު:

ފޫޅަކީ ފެންވަރާއިރުވެސް ފެންވަރައިގެންވެސް އެންމެ ގިނަމީހުން ސާފުކުރަން ހަނދާން ނެތޭއެއް ތަނެވެ. ފޫޅު ރަނަގަޅަށްސާފު ނުކުރެވެންޏާ ފެންވަރާއިރު ފޫޅުގައި ހަރުލާފައި ހުންނަ ފެން އަދި މަޑު ހަރުލުމަށްފަހު ނުބައިވަސް ހިފާ ފޫޅު ހިރުވާގޮތްވެ އިންފެކްޝަން ވެސް ހެދެއެވެ. ގިނަފަހަރު މިކަހަލަ އުނދަގުލެއް ދިމާވީމަ ގިނަމީހުންނަށް ފޫޅުސާފު ކުރަން ހަނދާންވާ ފަހަރުވެސް މަދެއްނޫނެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކެކޭ އެއްގޮތަށް ފޫޅުވެސް ރަނގަޅަށް ސާފްކުރަން އާދަކުރުން މުހިންމެވެ.