English Edition
Dhivehi Edition
ފޮޓޯ - މޯލްޑިވުސް ޕޮލިސް ސަރވިސް

އައްޑޫ ސިޓީ މަރަދޫފޭދޫ ސްކޫލްގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް މަޢުލުމާތު ދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުގެ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ

ގްރޭޑް 7 އަދި 8 ގެ ވދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި އެންޓިސޯޝަލް ބިހޭވިއަރ އާގުޅޭގޮތުންވަނީ މަޢުލޫމާތު ދީފައިވެއެވެ

އޮގަސްޓް މަހުގެ 6ވަނަ ދުވަހު މަރަދޫ ފޭދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި މަގުމަތީގެ އަދަބުތަކާއި، އެކްސިޑެންޓް ހިނގަން މެދުވެރިވާ ސަބަބުތަކާއި ބެހޭ ގޮތުންވަނީ ދަރިވަރުންނަށް މައުލޫމާތު ދީފައެވެ. އަދި ދަރިވަރުންގެ ފެންވަރުގައި އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންވެސް ފުލުހުންވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކަކީ ކޮބައިކަމާއި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް ދަރިވަރުންގެ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ