English Edition
Dhivehi Edition

ލިޔުނީ : ރަމްޝާ ހަސީން /މަރަދޫފޭދޫ ސްކޫލް

މަރަދޫފޭދޫސްކޫލްގައި ދިވެހި ބަހުގެ ދުވަސް އިއްޔެ ފާހަގަ ކޮށްފިއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްކޫލްގައިވަނީ ޚާއްޞަ އެސެމްބްލީއެއް ބާވާފައެވެ. އެސެމްބްލީގައި ދުވަހާއި ގުޅޭގޮތުން ވާހަކަ ދެއްކީ ދިވެހި ޖަމްޢިއްޔާގެ ރައީސް އައިޝަތު އަސީލް ހުސައިން އެވެ. ދުވަހާއި ގުޅޭ ބަނދި ކިޔުމާއި، ރައިވަރު ކިޔުން ، އަދި ޅެން ކިޔުން ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރަށް ދަރިވަރުން ވަނީ ތަފާތު ދިވެހި ވަންތަ އައިޓަމް ތައް ހުށައަޅާފައެވެ.

ޤައުމީ ފެންވަރުގައި ދިވެހި ބަހުގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިބަހާއި މެދު ދަރިވަރުންގެ ހިތްތަކުގައި އޮތް ލޯތްބާއި ޤަދަރު އިތުރު ކުރުމަށާއި މިހާރަށް ވުރެ ފުންކޮށް ބަހާއި މެދު ވިސްނުމުގެ ފުރުޞަތު އިތުރުކުރުމަށެވެ. މީގެ އިތުރަށް ދިވެހިބަހަށް އިސްކަންދީ އަންނަން އޮތް ޖީލުތަކަށް ދިވެހި ބަސް ހެޔޮ ގޮތުގައު ފޯރުކޮށްދިނުމަކީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަންކަކަމެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. މިއީ ޤައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. މިދުވަހުގެ މިއަހަރުގެ ޝިޢާރަކީ ” ބުނާނީ ލިޔާނީ ސާފު ދިވެހި ބަހުން” މި ޝިޢާރެވެ. މިޝިޢާރު ބާރު އަޅަނީ ދިވެހި ބަހުން މުޢާމަލާތު ކުރެވެން އޮތް ކޮންމެ ޙާލަތެއްގައި ދިވެހި ބަހުން މުޢާމަލާތު ކުރުމުގެ މައްޗަށެވެ.