English Edition
Dhivehi Edition

ދުނިޔޭގެ އެކިގައުމުތަކުގައި ލީތަލް އިންޖެކްޝަން ޖަހައިގެން މީހުން މަރަމުން ގެންދާއިރު ބެލްޖިއަމް އަކީ އެންމެ ފުރަތަމަ ކުޑަކުދިން ގަޔަށް ލީތަލް އިންޖެކްޝަން ޖެހި ފުރަތަމަ ގައުމެވެ.

ލީތެލް އިންޖެކްޝަން އާންމުކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން ދަނީ ޖަލުތަކުގައި މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ. ނަމަވެސް ބައެއްގައުމުތަކުގައި ހޮސްޕިޓަލް ތަކުން މި އިންޖެކްޝަން ޖަހައިގެން ބަލިމީހުން މަރަމުންދެއެވެ. ހޮސްޕިޓަލް ތަކުން ލީތަލް އިންޖެކްޝަން ޖަހަނީ ވަކި ގަވާއިދެއްގެ މަތިންނެވެ. އެ ގައުުމެއްގެ ސަރުކާރުން އެކަމަށް ހުއްދަދީފައި ވާނަމަ ބަލިމީހާ ނޫނީ އުމުރު ދުވަހަށް ނުކުޅެދުމާއިގެން އުޅެންޖެހިފައި ތިބޭމީހުން ގެ އާއިލާއާއި ބަލިމީހާގެ ހުއްދައާއި އެކު ލީތަލް އިންޖެކްޝަން ބޭނުން ކޮށް ދުނިޔޭގެ އެކިގައުމު ތަކުގައި މީހުން މަރުވެފައި އެބަތިއްބެވެ.

މިހާތަނަށް އެއްވެސް ގައުމަކުން އިންޖެކްޝަން ޖަހައިގެން މަރުވާން ތުއްތު ކުދިންނަށް ހުއްދަދީފައި ނުވި ނަމަވެސް ބެލްޖިއަމްގައި ވަނީ 1 ޖެނުއަރީ 2016 އިން ފެށިގެން 31 ޑިސެމްބަރ 2017 އާހަމައަށް 3 ކުޑަކުއްޖަކަށް އިންޖެކްޝަން ޖަހާ ވަނީ މަރާފައެވެ. ނަމަވެސް އެގައުމުގެ ބައެއް މީހުންނާ އަދި އެހެން ގައުމުތަކުން ދަނީ ބެލްޖިއަމް އިން ހަދާފައިވާ ކުޑަކުދިން ނަށް މަރުވާން ހުއްދަ ދިން ގަވައިދަށް ފާޑުކިޔަމުންނެވެ.

ފާޑުކިޔާ މީހުން ބުނެފައއިވާގޮތުގައި ލީތަލް އިންޖެކްޝަން ޖަހައިގެން މަރުވާން ހުއްދަ ދީފައި ތިބެން ޖެހޭނީ އުމުރުން ދޮށީ ތަންދޮރު ދަންނަ ވަރު މީހުންނަށް ކަމަށެވެ. ތުއްތު ކުދިން ބައްޔެއްގެ ސަބަބުން ގައިގައި އަޅާވޭނަކަށް ކެއްނުވެގެން ނޫނީ ސަލާމަތް ނުވާވަރުގެ ބޮޑު ބައްޔާކާ ހެދި އެބަލީގައި ނިމިދަންދެން ނުއުޅެވިގެން މަރުވާން ހިތަށްވެސް އަރާފާނެހެން ހީނުވާއިރު މައިންބަފައިން އެކަމަށް ހުއްދައަށްއެދި ކުޑަކުދީން މަރަން ނިންމުމަކީ އަނިޔާވެރި އަމަލެއްކަމަށް މީހުން ދަނީ ބުނެ ފާޑު ކިޔަމުންނެވެ.

ބެލްޖިއަމް ގެ “އިއުތެނޭޝިއާ ކޭސް” ރިޕޯރޓް ގައި މަރާފައިވާ 3ކުދިންގެ އުމުރު ހިމަނާފައި ނުވިނަމަވެސް ހޮސްޕިޓަލްގެ އޮފިޝަލަކު ބުނެފައި ވަނީ 3 ވަނަ ކުއްޖާއަކީ އުމުރުން 17 އަހަރުގެ ކުއްޖެއްކަމަށެވެ. އެ ރިޕޯރޓް ގައި ބުނެފައިވާ ގޮތުގައި ބެލްޖިއަމްގައި 2016 އިން 2017 އާހަމައަށް 4337 މީހުންގެ ގަޔަށް ލީތަލް އިންޖެކްޝަން ޖަހާފައި ވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކެންސަރުބަލީގެ ޝިކާރައަކަށްވެ މަރާހަނގުރަމަކުރަމުން ދިޔަ މީހުންކަމަށް އެރިޕޯޓްގައި ބުނެފައި ވެއެވެ.