ސިޔާސީ ރުޅިވެރިކަމުގެ ތެރެއަށް ވީނުވީ އެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ނުވައްދައި މައްސަލާގައި ތަހުގީގު ހިންގުމަށް އާއިލާއިން ގޮވާލައިފިއެވެ
ރައީސް އަބްދުﷲ ޔާމީން ރިލްވާންއާ ގުޅޭ ގޮތުން ދެ ރަށުގައި ދެގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކޮށް އެ ވާހަކަފުޅުތައް ތަހުގީގުކޮށްދިނުމަށް އާއިލާއިން ވަނީ ފުލުހުން ކިބައިންއެދިފައެވެ.މީގެ އިތުރުން ރިލްވާންގެ އާއިލާއިން ބުނެފައިވަނީ ރިލްވާންގެ މައްސަލަ “ކުޅޭކުޅޭ” މައްސަލައަކަށް ހައްދަވައިގެން އެކި ފަހަރު އެކި ގޮތަށް ރައީސް ވާހަކަފުޅު ދައްކަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
ރިލްވާންގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކޮށްފައިވާއިރު އަދީބު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިލްވާންގެ މައްސަލަ ބަލަން ނުޖެހޭ ކަމަށް ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ވިދާޅުވި ކަމަށެވެ. އަދީބްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ ރިލްވާންގެ މަރުވެފައިވާ ކަމަށާއި އެކަމަށް އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާނެ ކަމަށާއި ރައީސްގެ އިސްތަށިފުޅުގައި އަދީބު އަޅުއްވާ ތުހުމަތުތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ
ރިލްވާން ގެއްލުނުތާ މިއަދަށް 4 އަހަރު ފުރޭ އިރުހާތަނަށް ރިލްވާންއަށް ވީގޮތް ފުލުހުން ހޯދިފައެއް ނުވެ އެވެ