English Edition
Dhivehi Edition

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަނީ ނިޔާވެފައި ކަމަށާއި އެކަމުގައި ޝައްކެއްވެސް ނެތް ކަމަށް ވިދާޅުވީ ރިލުވާނުގެ މަރު ސާބިތުކޮށްދެއްވުން ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ގދ. މަޑަވެލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ވާހަކަފުޅު އަމާޒު ކުރެއްވީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާ ގުޅިގެން ހެދި ބޮޑު ދޮގެއްގެ މައްޗަށް ކަމަށެވެ

ރިލްވާނު ވނިޔާވެފައި ކަމަށާއި އެކަމުގައި ޝައްކެއްވެސް ނެތް ކަމަށް ރައީސް މިއަދު ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން މިވަގުތު އެއްޗެއް ދެންނެވެން ނެތް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ ވިދާޅުވެފައެވެ

ޓެގު