English Edition
Dhivehi Edition

މިދިޔަ އާދީއްތަ ދުވަހު އިންޑޮނޭޝިއާއަށް އައި 6.9 މެގްނިޓިއުޓްގެ ބިންހެލުމުގައި 100 އެއްހާ މީހުން މަރުވެ 20,000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އިންޑޮނޭޝިއާގެ ލޮމްބޮކް އަށް މިދިޔަ ހަފްތާގައިވެސް ބިންހެލުމެއް އައިސް 16 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައްބުނެއެވެ. ރިޕޯޓް ތަކުން އެނގޭ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އައި ބިންހެލުމުގައިވެސް 98 މީހުން މިހާތަނަށް މަރުވެފައިވާއިރު މި އަދަދު އިތުރު ވާނޭކަމަށް މީހުން ސަލާމަތް ކުރާ ފަރާއްތަކުން ބުނެއެވެ. އެގައުމުގެ ފުލުހުން ބުނެފައިވާގޮތުގައި ގިނަ މީހުން މަރުވެފައި ވަނީ ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުވެގެންނެވެ

މީހުން ސަލާމަތް ކޮށްދޭން މަސައްކަތް ކުރާ ޓީމުތައް ހުއްޓުމެއްނެތި އަދިވެސް ދަނީ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތް ތަކާއި މިސްކިތް ތަކުގެ ދަށުން މީހުން ސަލާމަށް ކުރުމުގައި ހަރަކާތް ތެރިވަމުންނެވެ.

އެހީދޭ ޖަމާއަތްތަކުން މިހާރު އެންމެ އިސްކަމެއް ދޭ ކަމަކީ ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. ގިނަ ހޮސްޕިޓަލް ތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައި ވުމުގެ ސަބަބުން އަނިޔާ ވެގެން ގެންދާ މީހުންނަށް ފަރުވާ ދިނުމުގައި ގިނަ ދަތިތަކެއް ހުރިކަމަށް މަޓަރަމްގެ މެޑިކަލް އޮފިޝަލުން ފާހަނގަ ކުރެއެވެ. އަދި އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހުސްބިންތައްވެސް ބޭނުންކުރަމުންދާކަމަށް އޮފިޝަލުންބުނެއެވެ.

އިންޑޮނޭޝިއާ އަކީ ވަރަށް ގިނައިން ބިންހެލުންތައް އަންނަ ގައުމެކެވެ. “ރިންގް އޮފް ފަޔާ” ދުނިޔޭގެ އެންމެ ގިނަ އަލިފާން ފަރުބަދަ ހުންނަ ތަން އޮންނަނީ އިންޑޮނޭޝިއާގެ އަޑީގައެވެ.