English Edition
Dhivehi Edition

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށްޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ

ނިހާން މިހެން ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ އާއި ދެމެދު ހިޔާލުތަފާތުވުންތައް އުފެދި ޝިޔާމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑަގަންނަވަން އުޅޭ ހަބަރުތައް ފެތުރިފައިވާ ދަޑިވަޅެއްގައެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ އެމްޑީއޭގެ ލީޑަރު، އަހުމަދު ޝިޔާމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަފާތެރި އެކުވެރިއެއް ކަމަށެވެ. އަދި ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަން އޮތީ، “ޔާމީން ޝަހީމް2018” ކާމިޔާބު ކުރުމަށް ބަދަހިކަމާ އެކު ކަށާއި ދެ ޕާޓީގެ ކޯލިޝަން ބައްދަލުވުންތައް ވެސް ބަރާބަރަށް ކުރިއަށް ގެންދާ ކަމަށް ނިހާން ވިދާޅުވިއެވެ

ނިހާން މިހެން ވިދާޅުވެފައިވާއިރު ކެމްޕޭން ދަތުރެއްގައި ކަމަށް ވިދާޅުވެ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިދިޔަ ހަފުތާގައި ސިންގަޕޫރަށް ވަޑައިގަތީ، ސިޔާމްއާ ބައްދަލުކުރައްވަން ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.