އައްޑޫ ސިޓީ ހުޅުމީދޫ މަގުގައި ތާރަ އަޅައި ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތައް ބޭނުންވާ ސާމާން ހުޅުމީދޫ އަށް ގެނެސްފިއެވެ
ހުޅުމީދޫ މަގުގައި ތާރު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު މަގުތަކުގައި ތާރު އަޅުމުގެ ކުރިން ބަހައްޓަން ޖެހޭ ކާނުތައް ބެހެއްޓުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. ހުޅުމީދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްކުރަމުންދަނީ ހުޅުމީދޫ އެމްއާރްޑީސީގެ މުއައްޒަފުންނެވެ. މަގު ހެދުމުގެ މަސައްކަތްކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ހުޅުމީދޫ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަލީ މުހައްމަދުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އުއްމީދަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ފެށުމުގެ ކުރިން މަގުގެ ތާރު އަޅައި ނިންމުން ކަމުގައެވެ
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އައްޑޫގެ ރަށްރަށުގެ މަގުތައް ހެދުން އިފުތިތާހު ކުރި ނަމަވެސް، އެކިއެކި ސަބަބުތަކާ ހެދި އެ މަސައްކަތް އޮތީ ނުފެށިއެވެ.