English Edition
Dhivehi Edition

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް މަތީގައި ކައިވެނިކުރާ ފަރާތްތަކުގެ، ކައިވެނީގެ ހުރިހާ ހަރަދެއް ސަރުކާރުން ކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ

“ސިނަމާލެ ބްރިޖް”މަތީގައި ކައިވެނިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު،މި ކައިވެނިތަކުގެ ހަފްލާ ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ އެކަކުން ފަހެކަށެވެ. ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން، މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބްރިޖް މަތީގައި ކުރާ ކައިވެންޏަކީ އަންހެން މީހާ އާއި ފިރިހެން މީހާގެ ވެސް އަލަތު ކައިވެންޏަށް ވާން ޖެހެ އެވެ

ބްރިޖް މަތީގައި ކައިވެނި ކުރުމަށް ދޫކުރާ ފޯމުގައިވާ ގޮތުން، އަންހެން މީހާގެ ކައިވެނީގެ ހެދުމުގެ ހަރަދަށް ސަރުކާރުން 15،000 ރުފިޔާ ދޭން ނިންމާފައިވާއިރު ފރިހެން މީހާގެ ހެދުމަށް 7000 ރުފިޔާ ދޭންވަނީ ނިންމާފައެވެ. އަދި ކައިވެނި ޕާޓީ ޒީނަތްތެރިވުމަށް ކޮންމެ މީހަކަށް 5000ރުފިޔާ ދޭން ސަރުކާރުން ނިންމާފައިވާއިރު ކައިވެނީގެ ހަފުލާގައި ބައިވެރިވެވެނީ ކޮންމެ ކައިވެންޏަކަށް ގިނަ ވެގެން 50 މީހުންނަށެވެ. އެ އެންމެންގެ ކެއުމުގެ ހަރަދުގެ އިތުރުން ހަފުލާގެ އިންތިޒާމުތަކާއި، ފޮޓޯ ނެގުމާ ވެސް ސަރުކާރުން ވަނީ ހަވާލުވެފަ އެވެ

ހައުސިން މިނިސްޓްރީން ބްރިޖްމަތީގައި ބާއްވާ ޕާޓީތަކަށްކަނޑައަޅާފައިވާ ތީމް ތަކަކީ “މޯލްޑިވިއަން”، “ޗައިނީޒް”، “ފްލޯރަލް”، “ސަންސެޓް”ގެ އިތުރުން “ވިންޓޭޖް” ތީމެވެ.

.