English Edition
Dhivehi Edition

ޕާކިސްތާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަދި ޕާކިސްތާނު ތަހްރީކީ އިންސާފު ޕާޓީގެ(ޕީޓީއައި) އިސްވެރިޔާ އި މްރާން ޚާން އެގައުމުގެ އެކައުންޓަބިލިޓީ ބިއުރޯ އަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯރޓް ކޮށްފައި ވާގޮތުގައި އިމްރާން ޙާން އެކައުންޓަބިލިތީ ބިއުރޯ އަށް ހާޒިރުވުމަށް އެންގީ އޭނާ ނަހަމަ ގޮތިގައި ހެލިކޮޕްޓަރު ބޭނުން ކުރެއްވުމުގެ ތުހުމަތުގައެވެ. އަދި އެ އަމުރުގައި ބުނެފައި ވާގޮތުން އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އިމްރާން ބިއުރޯ އަށް ހާޒިރުވާން ޖެހެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި 2013 ވަނަ އަހަރުގެތެރޭގައި ނަހަމަ ގޮތުގައި ހެލިކޮޕްޓަރ ބޭނުންކޮށްފައިވަނީ 72 ގަޑިއިރަށް ކަމަށެވެ. އަދި އޭގެ އަގު 2.17 މިލިއަން ރުޕީސްއަށް އަރާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ އިން ބުނެފައި ވާގޮތުގައި އިމްރާން އެ ބިއުރޯއަށް ހާޒިރުކުރަނީ އެމައްސަލައާއި ބެހޭގޮތުން ސުވާލު ކުރުމަށާއި ބަޔާނެއް ނެގުމަށް ކަމަށެވެ.

މިދިޔަ މަހުގެ 25 ގައި ބޭއްވި ޕާކިސްތާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ހާން ހުވާ ކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 11 ގައެވެ.