ފާހާނާ ސާފުކުރާ ބުރުހެއް ލޮލަށް ހެރިގެން ހޮސްޕިޓަލް ގައި ފަރުވާ ދެމުން ގެންދަނިކޮށް މީހަކު މަރުވެއްޖެއެވެ.
ރަޝިއާގެ ނޫސްތަކުގައި ރިޕޯރޓް ކޮށްފައި ވާގޮތުގައި އުމުރުން 60 އަހަރުގެ މިމީހާ ގެ ލޮލަށް ބުރުހުގެ ކޮޅު ހެރުނީ ފާހާނާތެރެއަށް ކައްސާލައިގެން ވެއްޓުމާއި ގުޅިގެންނެވެ. އެނޫހުގައި ބުނެފައި ވާގޮތުގައި މިމީހާ ވެއްޓިގެން ދިޔައިރު ސީދާ އޭނަގެ ލޮލަށް ބުރުހުގެ ދަނޑި ހެރި ލޮލުގެ ގޮބޮޅި ތޮރުފާލައި ވަދެ ބޮލުގެ ނާށިގަނޑު ފޫއަޅާލައި ބުރުހުގެ ކޮޅުވަނީ ނިކުމެފައެވެ.
މިހާދިސާ ހިނގުމާ އެކު އޭނަ ދިރިއުޅޭ ހިސާބާއި ކައިރި ހޮސްޕިޓަލަކަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ގެންގޮސް އެންމެ ފުރަތަމަ ޑޮޮކްޓަރުން ބެލީ ބުރުހުގެ ކޮޅު ބުރިކޮށްލައިގެން އިތުރަށް އޭނައަށް ފަރުވާ ދިނުމަށެވެ.
ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ރަޝިއާގެ ނޫސްތަކުގައި ބުނެފައި ވަނީ މާގިނައިން ލޭފޭބުމުގެ ސަބަބުން އެމީހާ ވަނީ ހޮސްޕިޓަލަށް ގެނައި ިއރުވެސް ހޭނެތިފަ ކަމަށެވެ. ޑޮކްޓަރުން ބުނެފައި ވަނީ އެމަޖެންސީ ފަރުވާ އަށްފަހު އޭނަގެ ލޮލުން ބުރުސް ނެގުމަށް ކުރި އޮޕްރޭޝަން ކާމިޔާބުކަމަށާއި ކޯމާއެއްގައި އޮތް އެމީހާ އަށް ބާރުގަދަ އެންޓި ބައޮޓިކްދީ އެމްއާރު އައި ހަދާ އިތުރު ޓެސްޓް ތަށް ހަދާފައިވާކަމަށެވެ.
ނަމަވެސް ރަޝިއާގެ އިސްޓްރާ ޓައުންގެ ހޮސްޕިޓަލަކަށް އޭނާ އިރުތު ފަރުވާއަށް ބަދަލު ކޮށް ފައި ވަނިކޮށް އޭގެ އަނެއްދުވަހު އެމީހާ މަރުވެފައި ވާކަމަށް ނޫހުގައި ބުނެފައި ވެއެވެ.