English Edition
Dhivehi Edition

ގެއްލިގެން ހޯދަމުންދާތާ 30 އަހަރުފަހުން ރަޝިޔާގެ ޕައިލެޓަކު އަފްއާނިސްތާނުގައި ދިރިއުޅެމުންދަނިކޮށް ފެނިއްޖެކަމަށް ރަޝިއާގެ އަސްކަރިއްޔާ މަޢުލޫމާތު ދިފިއެވެ.

މިޕައިލެޓްއަކީ މީގެ 30 އަހަރު ކުރިން ރަޝިއާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނެއްގައި އޭނާ ދުއްވި ފްލައިޓް ވެއްޓުމާއިއެކު ގެއްލިފައިވާ މީހެކެވެ. އަދި އޭނާ އަފްއާނިސްތާނުގައި ދިރިހުއްޓާ ފެނިފައިވަނީ ހުކުރު ދުވަހުގައެވެ. ރަޝިއާގެ އަސްކަރިއްޔާ އަށް އޭނާ ފެނުމުން އޭނާވަނީ އެހީއަށް އެދި ގޮވާފައެވެ. އަދި އަވަހަށް ރަށަށް އެބުރި ދިޔުމަށް ބޭނުންކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް މިމީހާއާއި ބެހޭ މާގިނަ މަޢުލޫމާތެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަ ކޮށްފައި ނުވެއެވެ.

މި ޕައިލެޓް ދުއްވި ފްލައިޓް ވެއްޓިފައިވަނީ 1987 ގައެވެ. އަދި މިހާރު އޭނާ އަށް 60 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށް މީޑިއާތަކުގައި ބުނެފައި ވެއެވެ. އަދި ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނާ އުޅެންޖެހިފައިވީ ކުއްވެރިއެއްގެ ގޮތުގައި އަފްއާނިސްތާނުގެ ކޭމްޕެއްގައެވެ.

ރަޝިއާގެ އަސްކަރިއްޔާއިން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި 1979 އާއި 1989 އާއި ދެމެދު ހިންގުނު މިއޮޕަރޭޝަންގައި 125 ހަނގުރާމަ މަތީ ޖެޓް ވެއްޓިފައިވެއެވެ. އަދި 300 ހަނގުރާމަވެރިން ގެއްލިފައިވާކަމަށްވެއެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ 30 މީހުންނެވެ. އަދި މިހާރު ފެނުނު މީހާ އަކީ އެމީހުންގެ ތެރެއިން އެންމެ ފަހުން ފެނުނު މީހާއެވެ.

2015 ވަނަ އަހަރުގައި ވެސް ރަޝިޔާގެ ހަނގުރާމަ މަތީ ޕައިލެޓަކު އަފްއާނިސްތާނުގައި ދިރިއުޅެމުންދަނިކޮށް ފެނިފައި ވެއެވެ. އޭނާއާއި ހަވާލާދީ ލިޔެފައިވާ ރިޕޯޓްތަކުގައިވާ ގޮތުން އަފްއާނިސްތާނުގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ ބައެއް ކަމަށެވެ. އަދި އޭނާ ރަޝިޔާގެ އަސްކަރިއްޔާއަށް ފެނުނު އިރު އިސްލާމް ވެފައިވާކަމަށް ވެސް ރިޕޯރޓް ތަކުގައި ވެއެވެ.