ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ
އެމަނިކުފާނު މިހެން ވިދާޅުވީ ސްޕޯޓްސް އެރީނާ ފުޓްސެލް ދަނޑުތައް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
” މިލިއަން ރުފިޔާގެ ރައުސުލްމާލަކާއެކު އުފައްދާ މި ސްކީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ މީހުންނަށް ދޭ ރިވާޑެއް ކަމުގައިވެސް ރައީސް ޔާމީނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓާ ގައި އެ ފައިސާ ބޭނުން ކުރަން ބޭނުންވާ ފަރާތްތަކަށް ޕްރައިވެޓް ސެކްޓާގައި އެ ފައިސާ އިންވެސްޓު ކުރަން ދޫކުރާނެ ކަމަށެވެ. އިންޓަގްރޭޓެެޓް ޓޫރިޒަމްއަށްވެސް މި ސްކީމުން ފައިސާ ދޫކުރަން ނިންމާފައިވާކަމަަށް ރައީސް ވިދާޅުވިއެވެ. މި ދާއިރާ އަށް އިންވެސްޓު ކުރާ މީހުންނަށް ސަރުކާރުން ސެކިއުރިޓީ އެއް ދިނުމަށް ނިންމާފައިވާކަމަށާއި، އެގޮތުން ޕެސިވް އިންވެސްޓަރެއްގެ ގޮތުގައި ސަރުކާރުން ހަރަކާތްތެރިވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މިސްކީމުގެ ދަށުން ބޯހިޔާވަހިކަމަށް ވެސް ހައްލު ހޯދައިދެވޭނެކަމަށެވެ. އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކުރާ ފްލެޓްތަކަށް ބޭނުންވާ ޑިޕޮސިޓް ފައިސާ މި ސްކީމްގެ ތެރެއިން ލިބޭނެ ގޮތް ހެދިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފްލެޓްގެ އިތުރުން އާއިލާ އަށް ބޭނުންވާ ކަންތައް ކުރުމަށްވެސް ސްކީމުން ފައިސާ ނެގޭއިރު، ބޭސްފަރުވާ އަށާއި، ދަރިންނަށް ތައުލީމު ދިނުމަށް ވެސް މި ސްކީމުގެ ބޭނުން ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރުވެސް އަށާރަ ހާސް ޒުވާނުން އެބަތިބި ކަމަށެވެ. އަދި ވެސް އެދާއިރާގައި 45 ޕަސެންޓު ކުދިންނަށް ޖާގަ އެބައޮތްކަމަށެވެ. ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ އިގްތިސާދު ފުޅާވެގެން އަންނައިރު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބިދޭސީން މަދުކޮށް ދިވެހިން އެ ދާއިރާ އަށް ނުކުންނަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު ޓޫރިޒަމް ދާއިރާ އަށް ބިނާވެފައިވާއިރު، ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
.