ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، މިލްކޯރާގެ، މޫސާ ޙުސައިން (32އ) އާއި ސ.ހިތަދޫ، ޚަރުދަލުގެ، ޢަބްދުﷲމަނިކުފާނު (37އ) ކަމަށް ފުލުހުންގެ ރަސްމީ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ..
މި ދެ މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ..