English Edition
Dhivehi Edition

އިދިކޮޅުގައި ތިއްބެވީ ވަކި ޖަމާޢަތެއް ބުނާގޮތަކަށް ވެރިކަން ކުރަން ތައްޔާރުވަމުންދާ ބައެއްކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ .

ޕީޕީއެމްއިން މައްޗަންގޮޅީ ނަޔާ ޖަގަހަ ދޭއް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުއަބްދުއް ރަޙީމް ވިދާޅުވީ ރާއްޖޭގައި އިސްލާމީ ރިވެތި އުސޫލުތައް ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމުގެޔަގީންކަން ދެއްވަން އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ކެރިވަޑައިނުގަންނަވާނެ ކަމަށާއި ރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރާނެ ވާހަކަވެސް އިދިކޮޅު ފަރާތްތަކުން ނުދައްކަވާނެކަމަށެ ވެ. އެފަދަ އެއްވެސް ކަމެއް ވިދާޅުވާން އިދިކޮޅު ފަރާތްތަކަށް ކެރިވަޑައި ނުގަންނަވަނީ ހުޅަނގުގެ ޤައުމުތަކުގެ ނުރުހުން ލިބޭނެތީ ކަމަށް ވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްކަން ސިފަކުރައްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، އެ ހުރިހާ އަނިޔާވެރިކަން ދިވެހިން ތަހައްމަލު ކުރަމުން ދިޔައިރު އިބްރާހިމް މުޙައްމަދު ސޯލިހް ހުންނެނީ އެމްޑީޕީގެ އިސް ސަފުގަައި ކަމަށާއި، އެދުވަހު އެއްވެސް ކަމަކަމަށް ބަސްފުޅެއްވެސް ވިދާޅުވެފައި ނުވާކަމަށެވެ. ސާކު ސަމިޓަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން ބަޖެޓްގެ ހަތަރު ގުނަ އިތުރަށް އެމްޑީޕީ ސަރުކާރުން ޚަރަދު ކުރި އިރުވެސް އިބްރާހީމް މުހައްމަދު ސޯލިޙު އެއްޗެއް ވިދާޅުނުވާކަމަށާއި، އެކަންކަމުގެ ތަފްސީލް އޭނާ ހާމަކުރެއްވުމަށް ޢަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.